މިއަހަރުގެ ތެރޭގައި ބޮލީވުޑްގެ ކުރީގެ މަގްބޫލު ބައިވަރު ފިލްމުތަކުގެ ރީމޭކް ނުވަތަ ސީކުއެލްތައް އުފެއްދުމުގެ ޚަބަރުތައް ފެތުރެމުންދެއެވެ. އެގޮތުން، ކާމިޔާބު ހިންދީ ފިލްމު "ޖަބް ވީ މެޓް" ގެ ދެވަނަ ބައި އުފައްދަން އުޅޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

2007 ވަނަ އަހަރުގައި ނެރުނު ޖަބް ވީ މެޓްގައި ހަރަކާތްތެރިވީ ހިންދީ ފިލްމު އިންޑަސްޓްރީގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ކަރީނާ ކަޕޫރާއި ޝާހިދް ކަޕޫރެވެ. އެހެންކަމުން، މި ދެތަރިންގެ ސަޕޯޓަރުން ތިބީ މި ފިލްމުގެ އިންތިޒާރުގައެވެ.

މިކަމާއި ބެހޭގޮތުން ޝާހިދު ބުނީ ފުރަތަމަ ބައި ކިތަންމެ ކާމިޔާބުވިޔަސް އޭނާ މި ފިލްމުގައި ހަރަކާތްތެރިވާނީ ސީކުއެލްއަށް ކޮލިޓީ ސްކްރިޕްޓެއް ތައްޔާރުކުރެވިފައިވާ ނަމައެވެ.

"އަހަރެންގެ އެކްޓިންގއާއި ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭ، އެކަމަކު ގީތްގެ ރޯލަށް ކަރީނާ ނޫން އެހެން މީހަކަށް އެހާ ފުރިހަމަކޮށް ގެނެސްނުދެވޭނެ." ފިލްމުގައި ކަރީނާ ކުރި މަސައްކަތާއި ގުޅޭގޮތުން ޝާހިދު ބުނެފަެިވެއެވެ.

އެހެން ނަމަވެސް، މި ރޮމޭންޓިކް ކޮމެޑީ ފިލްމުގެ މިފަހަރުގެ ސީކުއެލްގައި ހަރަކާތްތެރިވާ ތަރިންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

ޓައިމްސް ނައުއިން ރިޕޯޓްކުރާގޮތުގައި މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރުު ކުރެވެމުން އެބަދެއެވެ.

ގަންދާރު ފިލްމްސްގެ ބެނާގެ ދަށުން މި ފިލްމު ޕްރޮޑިއުސްކުރާނީ އަޝްތަވިނަޔަކްގެ ވެރިޔާ ރާޖް މެހެތާއެވެ. ސީކުއެލް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ކުޅަދާނަ ޑައިރެކްޓަރު އިމްތިޔާޒު އަލީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން