މަޝްހޫރު ސުޕަހީރޯ ކެރެކްޓާ "ވުލްވްރީން"ގެ ތަރި ޖެކް ހޫމަންއާއި އޭނާގެ އަންހެނުން ޑެބަރާ ލީ ފާނެސްގެ 27 އަހަރުގެ ކައިވެނި ނިމުމަކަށް އަތުވެއްޖެއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ މި ދެ ތަރިން ކައިވެނިކުރީ 1996 ވަނަ އަހަރުގައެވެ. އަދި މި ދެމީހުންގެ ދެ ކުދިންވެސް ތިބެއެވެ. އެއީ އޮސްކާ، 23 އަދި އެވާ، 18 އެވެ. މި ދެކުދިންނަކީ އެ ދެމީހުން އެޑޮޕްޓް ކުރި ދެ ކުދިންނެވެ.

މި ދެމީޙުން ވަނީ މިއަހަރުގެ އޭޕްރީލް މަހުގައި ކައިވެންޏަށް 27 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކޮށްފައެވެ. އެހެންކަމުން، ކުއްލި ގޮތަކަށް ދެމީހުން ވަކިވާ ޚަބަރު އަޑުއިވުމުން ވަރަށް ގިނަ ބަޔަކަށް ކުއްލި ހައިރާންކަމެއް ލިބިގެންދިޔައެވެ.

މި ދެ މީހުން އެކަކު އަނެކަކާއި ދިމާވީ އޮސްޓްރޭލިއާ ސީރީޒް "ކޮރެލީ" ގައި ހަރަކާތްތެރިވުމުގެ ތެރެއިންނެވެ. "ޕީޕަލް" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ދެ ތަރިން ބުނީ މިހާރު އެމީހުން ބޭނުންވަނީ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމަށްޓަކައި ކައިވެނިން މިނިވަން ވާން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން