1997 ގައި ރިލީޒްކުރި މަޝްހޫރު ހެއްވާ މަޖާ ކޮމެޑީ ފިލްމު "ހީރޯ ނަމްބަރ 1" ގެ ސީކުއެލްއަށް ބޮލީވުޑްގެ ބަތަލާ ސާރާ ޢަލީ ޚާންއާއި ބަތަލު ޓައިގަރ ޝްރޯފް ހަަމަޖައްސައިފިއެވެ.

މިއީ ސާރާއާއި ޓައިގަރ އެއް ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ހީރޯ ނަމްބަރ 1 ގެ ސީކުއެލްއަށް އަދި ނަމެއް ދެވިފައި ނުވެއެވެ.

ހީރޯ ނަމްބަރ 1 ކުޅެފައިވަނީ ހިންދީ ފިލްމު އިންޑަސްޓްރީގެ ކުރީގެ މަގްބޫލު ތަރިން ކަމަށްވާ ކަރިޝްމާ ކަޕޫރްއާއި ގޯވިންދާއެވެ.

މި އަހަރު ތެރޭގައި ޓައިގަރގެ ގިނަ ފިލްމުތައް ރިލީޒްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެޜޭގައި "ގަނަޕަތް" އާއި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެއެވެ. ބަޅޭ މިޔާ ޗޯޓާ މިޔާއަކީވެސް ގޯވިންދާ ކުރީގައި ހަރަކާތްތެރިވި ކާމިޔާބު ފިލްމެކެވެ.

ސާރާ ދެން ފެންނާނީ "އޭ ވަތަން މޭރޭ ވަތަން" މި ފިލްމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން