ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފަކު ދަސްވެނިވެއްޖެއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އެމްޓީސީސީއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބަސް އޮޕަރޭޝަންސްއިން 87 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ދީފައިވަނީ ބަސް އޮޕަރޭޝަންސް ކޯހުގެ ސެޓްފިކެޓް ލެވެލް ތްރީ ހާސިލްކޮށްފައިވާ މުވައްޒަފުންނަށެވެ.

އެމްޓީސީސީން މަސައްކަތް ކުރަނީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް އެކުންފުނީގެ މުވައްޒަފުންނަށް ބަސް އޮޕަރޭޝަންސްގައި އެމްކިޔުއޭ ސެޓްފިކެޓް ލިބިފައިވާ ކޮލިފިކޭޝަންތައް ހާސިލް ކުރެވޭނެ ގޮތް ހެދުމަށެވެ.

މިހަފްލާގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (އެމްއޯއެޗްއީ) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންއާއި ޔޫތް މިނިސްޓަރ އަޙްމަދު މަހްލޫފުއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ނޭޝަނަލް އެޕްރެންޓީސްޝިޕް ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ ޒުވާނުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިކުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން