އެޕަލް ކުންފުނިން އުފައްދާ އައިފޯން 12 އިން ދައުރުވާ އިލެކްޓްރޯ މެގްނެޓިކް ރޭޑިއޭޝަންގެ އަސަރު ބޮޑުކަމަށް ކަނޑައަޅާ ފްރާންސްގައި އެ މޮޑެލް ވިއްކުން މަނާކޮށްފިއެވެ.

ފްރާންސްގައި ރޭޑިއޯ ފްރީކުއެންސީތަކާއި ބެހޭ ދިރާސާތަކުން ހެދި ޓެސްޓުތަކުން އައިފޯން 12 މި މޮޑެލްއަކީ ހަށިގަނޑަށް ގެއްލުންވާ ވަރަށް ރޭޑިއޭޝަންގެ އަސަރު ކުރުވާ މޮޑެލްއެއް ކަމަށް ހޯދިފަވެއެވެ. އެގޮތުން އެކްރެޑިޓް ކުރެވިފައިވާ ލެބްތަކުގައި ހަދާފައިވާ ޓެސްޓްތައް ދައްކާގޮތުގައި މި މޮޑެލުން ކިލޯއަކަށް 5.74 ވޮޓްގެ ބާރުމިނުގައި އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން ބޭރުވެއެވެ.

މިފަދަ ޓެސްޓްތަކުގައި ޔޫރަޕިއަން ސްޓޭންޑަޑަކީ ކިލޯއަކަށް 4.0 ވޮޓްގެ ވަކި އެބްޒޯޕްޝަން ރޭޓެކެވެ.

އޭއެންއެފްޕީ އިދާރާއިން މިކަން ހައްލުކުރުމަށް އެޕަލްއަށް އެންގުމުން އެ ކުންފުނީގެ އެއްވެސް ބަހެއް ލިބިފައިނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ.

އޭއެންއެފްޕީން މިގޮތަށް ނިންމިއަސް، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ވެބްސައިޓްގައި ވާ މައުލޫމާތަށް ބަލާނަމަ، އައިފޯން 12 މޮޑެލްގެ މޯބައިލް ފޯނުގައި ވާ މާއްދާތަކުގެ ޒަރިއްޔާއިން ހަށިގަނޑަށް ނުރައްކާވާ ފަދަ ކަންތައްތައް ދިމާނުވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން