މަރިޔަމް ލަމްޙާ ރަޝީދު   13 ސެޕްޓެމްބަރު 2023 - 12:52
އެޕަލް ކުންފުނިން އަންގާރަ ދުވަހު ބޭއްވި ވޮންޑަރލަސްޓް އިވެންޓްގައި އެޕަލް ވޮޗް ސީރީޒް 9 އިއުލާން ކޮށްފިއެވެ. މި ވޮޗް ސީރީޒް 9 ގައި އަވަސް ޕާފޯމަންސާއި އޮން ޑިވައިސް ސިރީ ޕްރޮސެސިން އަދި ޑަބަލް ޓެޕް ކިޔާ އާފީޗާސްތައް ހިމެނެއެވެ.

ސީރީޒް 9 ގެ އަގު 399 ޑޮލަރު (399 ޕައުންޑް، 649 އޯސްޓްރޭލިއަން ޑޮލަރު) އިން ފެށޭއިރު، ސެޕްޓެމްބަރު 22 ގައި ނެރުމުގެ ކުރިން ޕްރީއޯޑަރު ކުރެވޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

އެޕަލް ވޮޗް ސީރީޒްގެ މި ސްމާޓް ވޮޗަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން ވޮއިސް ކޮމިއުނިކޭޝަން އަވަސްވާނެއެވެ. އަދި ހުޅުވުމާއިއެކު ޖޫން މަހު ވޮޗްއޯއެސް 10 އަށް އަޕްޑޭޓް ކުރި ތީމް އޮޓޮމެޓިކުން ރަންކުރާނެއެވެ. އެހެންނަމަވެސް އާ ޕްރޮސެސަރުގައި އެޕަލް ވޮޗްގެ ކުރީގެ ސީރީޒް 6 ގެ ލޭގެ އޮކްސިޖަން ސެންސަރާއި ސީރީޒް 7 ގެ ބޮޑު ސްކްރީން ނުވަތަ ސީރީޒް 8 އަށް ގެނައި ޓެމްޕަރޭޗަރ ސެންސަރތަކަށް އިތުރު ބަދަލުތަކެއް ގެނެވިފައި ނުވެއެވެ. ސީރީޒް 9 ގައި ހިމެނޭ އައު ފީޗާއެއްގެ ގޮތުގައި އެންމެ ފާހަގަކުރެވޭ ފީޗާއަކީ އޭގައިވާ ޑަބަލް ޓެޕް އާއި އޮން ޑިވައިސް ޕްރޮސެސިން ފީޗާސްތައް އެކުލެވޭ ޗިޕެވެ. އަދި މިޗިޕުގައި އެކުލެވޭ މިދެންނެވި ފީޗާއަކީ އެޕަލްވޮޗް ސީރީސްއަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު ބަދަލެވެ.

ޑަބަލް ޓެޕް އަކީ ގަޑީގެ ސްކްރީނަށް އަތް ނުލައި މެނިޕިއުލޭޓް ކުރުމަށް ގެނެވޭ އައު ފީޗާއެކެވެ. ގަޑި އަޅާފައި އޮންނަ އަތް ބޭނުންކޮށްގެން ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލި އެއްކޮށް އެއް އިނގިލިއަނެއް އިނގިލީގައި ދެފަހަރު ޖަހާލުމުން، ވަގުތު ބަލަން ބޭނުންވުމުން، ގަޑީގައި އަތް ނުލާ، އޭގެ ޑިސްޕްލޭ ދިއްލި ވަގުތު ބަލާލެވުން އަދި އަންނަ ފޯން ކޯލްތަކަށް ހަމަ އެގޮތަށް ޖަވާބު ދިނުން ފަދަ މަސައްކަތްތައް ކުރެވޭނެ އެވެ.

ދެއަތް ބޭނުން ނުކޮށް ހަމައެކަނި ގަޑި އަޅާފައި އޮންނަ އަތުގެ ހަރާކާތުން ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް އީޖާދުކޮށްފައިމިވާ އެޕަލް ވޮޗް ސީރީޒްގައި އެކުލެވޭ އެކްސެސިބިލިޓީ މޯޑަކީ އެސިސްޓިވްޓަޗްގެ ބައެއްގެ ގޮތުގައި ލިބެން ހުންނަ ޑަބަލް ޕިންޗް ޖެސްޗަރއާއި ވަރަށް ވައްތަރު ފީޗާއެކެވެ.

މި ޖެސްޗަރ ބޭނުން ކުރެވޭނީ 'އެޕަލް ވޮޗް ސީރީޒް 9 ގައި ހިމެނޭ 'ފާސްޓް ނިއުރަލް އިންޖީން ކިޔާ ޕްރޮސެސްއަކުންނެވެ. މިގޮތުން އާ މެޝިން ލާނިން އެލްގޮރިޒަމަކާއެކު 'ހާޓް ސެންސަރެއް،' އެޕަލް ވޮޗްގައި ހިމެނިގެންދާނެކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. 'މި އެލްގޮރިޒަމް އިން ޝަހާދަތް އިނގިއްޔާއި އިނގިލި ޑަބަލް ޓޭޕް ކުރާއިރު އަތްތިލަ ކުދިކުދި ހަރަކާތްތަކާއި ލޭގެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ތަފާތު ދެނެގަނެވެ އެވެ. އެ ކުންފުނިން ބުނީ މި ޖެސްޗަރ ފީޗާސް އަންނަ އޮކްޓޯބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓެއްގައި ލިބޭނެ ކަމަށެވެ.

އެޕަލް ވޮޗް ސީރީޒް 9 ގައި ފޯނާއި ނުލައި ޑިވައިސްގައި ޑޭޓާ ޕްރޮސެސް ކުރެވޭނެއެވެ. އެހެންކަމުން ސިރީ އިން ކްލައުޑަށް ރިކުއެސްޓް ފޮނުވަން ނުޖެހި ޓާސްކުތައް އަވަހަށް ޕާފޯމް ކުރާނެއެވެ. އަދި ސިރީއިން ސިއްހަތާ ގުޅުން ހުރި ސުވާލުތައް ކުރުމާއި، ރޭގަނޑު ނިދާ މިންވަރު ފަދަ ސުވާލުތައް އައު ފީޗާސްތަކުގެ ސަބަބުން ކުރެވި މިކަންކަންވެސް މިވޮޗް ސީރީސްގެ ޔޫޒާއިންނަށް ބަލާލެވޭނެއެވެ. އެއީ ސިއްހަތާއި ފިޓްނަސް ޓްރެކަރެއްގެ ގޮތުގައި އެޕަލް ވޮޗްގެ މަގުބޫލުކަން ލިބިފައިވާތީ މިފަހަރުގެ ސީރީސްގައި ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ.

އެޕަލް ވޮޗް އާއި ހޯމްޕޮޑް ޑިވައިސްއާއި ދެމެދު އާ އިންޓަގްރޭޝަންތަކެއް ވެސް މިފަހަރުގެ ސީރީސް 9 ގައި ހިމެނޭނެއެވެ. މީގެސަބަބުން ޑިވައިސްގައި މީޑިއާ ޕްލޭ ކުރެވެމުންދާތަން ގަޑިން ފެންނާނެ އެވެ. ޕްރެސިޝަން ފައިންޑިންވެސް ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު އަވަސްވާނެއެވެ އަދި އައު އަލްޓްރާ ވައިޑްބޭންޑް ޗިޕެއް ބޭނުންކޮށްގެން އައިފޯން 15 ޕިންޕޮއިންޓް ކުރުމަށް ފަސޭހަވާނެ ފީޗާސްވެސް ސީރީޒް 9 އަށް އަންނާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ސީރީޒް 9 ގެ އެލްމިނިއަމް ވާޝަން ޕިންކް، ސްޓާލައިޓް- ހުދު ކުލައިން ލިބެން ހުންނާނެ އެވެ. ސިލްވަރ، މީޑްނައިޓް – ކަޅު ވެސް މިސީރީސްގައިވެސް ހިމެނޭނެއެވެ. މީގެ އިތުރުން އަދި ޕްރޮޑަކްޓް ރެޑް، ކުލަ ޚާއްސަ ކުރެވިފައިވަނީ އެއިޑްސް އާއި ކޯވިޑް-19 އާ ދެކޮޅަށް ގްލޯބަލް ފަންޑުން ކުރާ މަސައްކަތަށް އެހީތެރިވެދޭ ސްޕެޝަލް އެޑިޝަން ކުލައެއްގެ ގޮތުގައެވެ. ސްޓެއިންލެސް ސްޓީލް އެޑިޝަން އަންނާނީ ރަން، ރިހި އަދި ގްރެފައިޓް ކުލަތަކުންނެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތައް ބިނާކުރުމަށް އެޕަލްއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި މިފަހަރުގެ ސީރީޒް 9 އަކީ އެޕަލްގެ ފުރަތަމަ ކާބަން ނިއުޓްރަލް ޕްރޮޑަކްޓެއް ކަމަށާއި، އެޕަލް އިން ވެސް ފުރަތަމަ ފަހަރަށް ބެޓެރީގައި %100 ރީސައިކަލް ކޯބަލްޓް ބޭނުން ކުރަމުންދާ ޕްރޮޑަކްޓްކަމުގައި އެޕަލްއިން ބުނެއެވެ. އެޕަލްއަކީ ސްމާޓް ވޮޗް މާކެޓްގައި ލީޑް ކުރާ ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން