"ކެޕްޓަން އެމެރިކާ؛ ދަ ފަސްޓް އެވެންޖާ" ގެ ތަރި ކްރިސް އީވާންސް ކައިވެނިކޮށްފިއެވެ.

ކްރިސް، 42 އާއި އާއި އެލްބާ ބެޕްޓިސްޓާ، 26 ކައިވެނިކޮށްފައިވަނީ އޭނާގެ ގޭގައި ބޭއްވި އާދައިގެ ހަފްލާއެއްގައެވެ. މި ހަފްލާގައި އޭނާއާއި އެކީގައި މާވެލް ފިލްމުގައި ހަރަކާތްތެރިވި ސްކާލެޓް ޖޮހެނެސަން، ރޮބާޓް ޑައުނީ ޖޫނިއަރ، ކްރިސް ހެމްސްވޯތްއާއި ޖެރެމީ ރެނާ ބައިވެރިވިއެވެ.

މީގެއިތުރުން ފިލްމީ ތަރި ޖޯން ކްރަސިންކީ، އެމިލީ ބްލަންޓް، ޖޭމީ ޗަންގްއާއި ބްރަޔަން ގްރީންބާގްވެސް މި ހަފްލާގައި ބައިވެރިވިއެވެ.

ބްރެޒިލްގެ ފިލްމީ ތަރި އެލްބާއާއި ކްރިސް ލޯބީގެ ގޮތުން ގުޅުނީ މީގެ އަހަރެއް ކުރިންނެވެ. ކްރިސްއާއި އެލްބާ ވަނީ މީގެ ކުރީގައި އެދެމީހުންގެ ގުލުން މީޑިއާތަކަށް ވަންހަނާކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުގައި ކައިވެނިކުރަން އުޅޭ ވާހަކަ އިއުލާންކުރުމަށްފަހު، އެމިލީއާއި ކްރިސް، ފާޅުގައި ޑޭޓްކުރަން ފަށާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން