މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން ކުރިއަށްގެންދާ އެސް.އެމް.އީ ހަބް ގެ ދެވަނަ ފޭސް ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ހަބްގެ އަމާޒަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެޔޮ އަގުގައި ވިޔަފާރީގެ ޖާގަ ހޯދައިދިނުމާއި ލޯކަލް އަދި ބައިނަލްއަގްވާމީ މާކެޓުތަކަށް ތައާރަފްކޮށް ވިޔަފާރި ކުރިއެރުވުމަށް މަގު ފަހިކޮށްދިނުމެވެ.

އަދި ބައިނަލްއަގްވާމީ މާކެޓުތަކަށް ތައާރަފްކޮށް ވިޔަފާރި ކުރިއެރުވުމަށް މަގު ފަހިކޮށްދިނުމަކީ މި ހަބްގެ މަގުސަދެކެވެ.



އެސް. އެމް.އީ ހަބްގެ ފުރަތަމަ ފޭސް ހުޅުވިފައިވަނީ ކާބޯތަކެތި ވިއްކާ 19 ކިޔޮސްކް އާއި ބުކް ސުޓޯލް އަކާއި އެކުއެވެ.

އެސް.އެމް.އީ ހަބްގެ 2 ވަނަ ފޭސް ހުޅުވިގެން މިދަނީ، އާރޓްސް އެންޑް ކްރާފްޓްގެ އުފެއްދުން ވިއްކުމަށްޓަކައި 5 ސްޓޯލް، ގާރމަންޓް އުފެއްދުން ވިއްކުމަށްޓަކައި 4 ސްޓޯލް، އަދި ޑެއިލީ-ޔޫސް އަށް 1 ޕޮޕްއަޕް ސްޓޯލް އާއި އެކުއެވެ. އަދި ދިވެހި ފަންނުވެރިންނާއި ކުރެހުންތެރިންނަށް ހާއްސަކޮށްގެން އާރޓް ގެލަރީވެސް މިފަހަރު ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން، ޒުވާނުންނަށް ހާއްސަކޮށްގެން ގޭމިން ރޫމް އަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން "ކިޑްސް ޕްލޭ" އޭރިއާއެއް އެސް.އެމް.އީ ހަބްގައި ހިމެނެއެވެ. އަދި 25 މީހުންގެ ޖާގައިގެ ސިނަމާއެއް ވެސް ހަބުގައި ހުޅުވުމަށްވަނީ ހަމަޖެހިފައިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސާދް ކުރިއަރުވައި ހަރުދަނާ ކުރުމުގެ ގޮތުން، މިފަދަ ހަބްތައް މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން