އޮކްޓޫބަރ އެކަކުން ފެށިގެން އިންޑިއާގެ ވިސްޓާރާ އެއާލައިނުން ރާއްޖެއަށް އިތުރު ރޫޓަކުން ދަތުރު ކުރުމަށް ނިންމައިފިއެވެ. މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާ ދެވަނަ ރޫޓެވެ.

ވިސްޓާރާއިން އަލަށް ރާއްޖެއަށް ދަތުރުފަށާ މަންޒިލަކީ އިންޑިއާގެ ވެރިރަށް ދިއްލީއެވެ. ދިއްލީން މާލެއަށް ސީދާ ފްލައިޓްތައް ހަފުތާގެ ހުރިހާ ދުވަހެއްގައިވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ވިސްޓާރާއިން މިދަތުރު ތަކުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ އޭ 320 މަރުކާގެ ނީއޯ އެއާކްރާފްޓެކެވެ. މި އެއާލައިނުން ދަތުރުކުރުމަށް ވިސްޓާރާގެ ވެބްސައިޓް، މޮބައިލް އެޕް އަދި ޓްރެވެލް އެޖެންޓުން މެދުވެރިވެގެން ދަތުރުތައް ބުކް ކުރެވޭނެއެވެ.

މީގެ ކުރީގައި ވިސްޓާރާއިން ދިޔައީ މުމްބާއީއިން މާލެއަށް ދަތުރުތައް ކުރަމުންނެވެ.

ވިސްޓާރާއަކީ 2015 ވަނަ އަހަރުގައި އިންޑިއާގެ ގުރްގާމް ސަރަހައްދުގައި ބޭސްވެގެން އުފެދުނު އެއާލައިނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން