ޙުސައިން ރަޝީދު އަޙުމަދު   10 އޯގަސްޓު 2023 - 6:2
އެސޮރުގެ ހާލިހުރީ ގަލްފު އޮފް މެކްސިކޯގެ ނާމާން ސަރަޙައްދެއް ކަމުގައިވާ ބެރުމިއުޑާ ޓްރެންގަލް ސަރަޙައްދުގައި ބާއެވެ!

عَنْ جَابِرٍ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ عَرْشَ إِبْلِيسَ عَلَى الْبَحْرِ فَيَبْعَثُ سَرَايَاهُ فَيَفْتِنُونَ النَّاسَ فَأَعْظَمُهُمْ عِنْدَهُ أَعْظَمُهُمْ فِتْنَةً (މިއީ ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައިވާ ރިވާޔަތެކެވެ.)
ތަރުޖަމާ
މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނި ޢަބްދު ﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ޙ ޙަދީޘު ކުރެއްވިއަޑު ތިމަން އެހީމެވެ. އިބުލީސްގެ ހާލި ހަދާފައިވަނީ ކަނޑުމަތީގައެވެ. ދެން މީސްތަކުން މަގުފުރެއްދުމަށްޓަކައި އޭތީގެ އައްޔާރުން ދުނިޔޭގެ އެތަންމިތަނަށް ފޮނުވައެވެ. މިގޮތުން އެސޮރުގެ ގާތުގައި އެންމެ މަތީދަރަޖައިގެ ދަރިވަރެއް ކަމުގައިވަނީ އިންސާނުންގެ މެދުގައި އެންމެ ނުބައިފިތުނައެއް އުފެއްދުނު އެއްޗެކެވެ.


އިބިލީހުގެ ހާލިހުރީ ކޮންތާކުބާ؟
ޙަދީޘުން ސާބިތުވާ ގޮތުގައި އިބްލީހު އުޅެނީ ދުނިޔޭގައެވެ. އެއީ އުޑުން ބިމަށް އެސޮރުވެސް ވައްޓާލެއްވުމަށް ފަހުގައެވެ. ދެން އެސޮރު ދިރިއުޅެނީ ކޮންތާކު ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ޙަދީޘުގައި އަންނަ ފަދައިން އެސޮރު އޭގެ ދިރިއުޅުން ބިނާކޮށްފައިވަނީ ކަނޑުމަތީގައެވެ. އެސޮރަށް ތަޚުތެއް ހަދައިގެން އޭގައި އޭގެ ވެރިކަން ހިންގުމުގެ ބާރު ﷲ ވަނީ ދެއްވާފައެވެ. އާދެ، އެސޮރު މި ތަޚުތު ނުވަތަ ހާލި ހަދާފައިވަނީ ކަނޑުގެ ކޮން ސަރަޙައްދެއްގައި ކަމެއް އެނގޭކަށް ނެތެވެ.އިބިލީސް ދުނިޔޭގެ މެދުތެރޭން ފައްސާލުން:

އިމާމު އިބްނި ކަޘީރު އަލްބިދާޔާ ވައްނިހާޔާގެ 1/99 ގައި ލިއުއްވާފައި ވެއެވެ. ދުނިޔެމަތީގައި އިބިލީހާއި އޭތީގެ އައްޔާރުންގެ އުނދަގޫބޮޑުވެ އިންސާނުންނަށް އުޅެން ދަތިވާ ހިސާބަށް ދިއުމުން، އާދަމް ޢަލައިހިއްސަލާމުގެ މުނިކާފަ ދަރިކަލުން ޤީނާނުގެ ދަރިކަލުން މަހްލާޔީން އިބިލީހާއި އެސޮރުގެ ލަޝްކަރާ ހަނގުރާމަ ކުރެއްވިއެވެ. އަދި މަހްލާޔީންގެ ލަޝްކަރުގެ ފަރާތުން އިބިލީހުގެ ލަޝްކަރުގެ ގިނަ ޢަދަދެއްގެ ލަޝްކަރީން މަރާލައި އިބިލީހާއި އެސޮރުގެ ލަޝްކަރީން ދުނިޔޭގެ މެދުން ބޭރުކޮށް، ދުނިޔޭގެ ކަނޑުގެ އަރިމަތިތަކަށާއި ފަރުބަދަތަކުގެ ވާދީތަކަށް ފައްސާލިއެވެ. އެހިސާބުން މިބައިގަނޑު ސިއްރިއްޔާތުން އުޅެން ފެށިއެވެ.

އާދަމުގެފާނުންގެ މުނިމުނިކާފަ ދަރިކަލުން މަހްލާޔީންއަކީ ކޮން ބޭކަލެއްތޯ؟

މިއީ އާދަމް ޢަލައިހިއްސަލާމުގެ ދަރިކަލުން ޝީސްގެ ދަރިކަލުން އަނޫޝްގެ ދަރިކަލުން ޤައިނާންގެ ދަރިކަލުން މަހްލާޔީން އެވެ. މަހްލާޔީންގެ ދުވަސްވަރު އިބިލީހާއި އެސޮރުގެ އައްޔާތުންގެ އުނދަގޫ ބޮޑުވެ، މަހްލާޔީން އިބިލީހާއި އޭނާގެ ލަޝްކަރާ ހަނގުރާމަ ކުރެއްވިއެވެ. އިބިލީހުގެ ލަޝްކަރާއި އެހީތެރީންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރާލައި ދުނިޔޭގެ މެދުތެރެއިން އެސޮރު ފައްސާލެއްވިއެވެ. އެކަލޭގެފާނުންގެ އަތްޕުޅުގައި ވަރަށް މަތިވެރި ތާޖުކޮޅެއް އޮތެވެ. ބުނެވޭގޮތުން ދުނިޔޭގައި އޮންނަ ހަތް ސަރަހައްދަށް އެކަލޭގެފާނު ވެރިކަން ކުރެއްވިއެވެ. ބިނާތަކާއި ފާރުތަކާއި ކިއްލާތައް ހައްދަވަން ފެއްޓެވީ މިކަލޭގެފާނުންގެ ދުވަސްވަރުން ފެށިގެންނެވެ. ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވިއެވެ. ޢަމަލު ކުރަށްވަމުން ގެންދެވީ އެކަލޭގެފާނުންގެ މުނިކާފާފުޅު ޝީސް ޢަލައިހިއްސަލާމުގެ މައްޗަށް ބާވައިލެއްވުނު ފަންސާސް ޞަޙީފާއަށެވެ.


އިބިލީހުގެ ރަސްކަން ހިނގަނީ ކޮން ތާކުބާ!

މިހާރު އިބްލީސް އުޅެނީ ކޮންތާކުތޯ ބަލާއިރު އޭތި އުޅެނީ ކަނޑާއި ޖައްވުގައިކަން ކަށަވަރެވެ. އެއީ ޙަދީޘުގައި ސާފު ބަހުން އެވާހަކަ އައިސްފައިވާތީއެވެ. ބައެއް ރިވާޔަތްތަކުގައި އަންނަނީ ކަނޑުގައި ކަމަށެވެ. އަނެއްބައި ރިވާޔަތްތަކުގައި އަންނަނީ ފެނުގައި ކަމަށެވެ. މިތާގައި ފެނުގެ މުރާދަކީ ކަނޑާއި ޖައްވު އެވެ. ދެން ކަނޑުގެ ކޮން ހިސާބެއްގައިތޯ ބަލާއިރު، ޢިލްމުވެރިން ތަފާތު ޚިޔާލު ބަޔާން ކުރަށްވާފައި ވެއެވެ. މިޒަމާނުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޢާއިޟް އަލްޤިރްނީ އޭނާގެ ފޮތް (الْحَقِيقَةُ الْغَائِبَةُ…أَسْرَارُ بَرْمُودَا) ގައި ވިދާޅުވަނީ އެއީ އެމެރިކާގެ ގަލްފު އޮފް މެކްސިކޯ (ޣުލފ ޮފ ޟެ×ިޗޮ) ދޮށުގައި އޮންނަ ދަތުރު ކުރުން އުނދަގޫ ބާމިއުޑާ ސަރަޙައްދު ކަމަށެވެ. މިތަން އޮންނަނީ އެޓްލާންޓިކް އޯޝަނުގައި، ފްލޮރިޑާގެ މިއާމީ ސިޓީއާއި ބާމިއުޑާ ޖަޒީރާއާއި ބްރިޓިޝް ވާރިޖިން އައިލެންޑުތަކާ ދެމެދު ތިން ކަނަނަށް އޮންނަ އޭރިޔާއެއްގެ ގޮތުގައެވެ. މިސަަރަޙައްދު މަޝްހޫރު ވެފައިވަނީ ޞެރމުދަ ޓރިަނގލެ ަރެަގެ ނަމުންނެވެ. ބައެއް މީހުން މިތަނަށް ޝައިޠާނީ ކަނޑުވެސް ކިޔައިއުޅެއެވެ. އެހެންކަމުން ޑރ. އަލްޤިރްނީ ވިދާޅުވަނީ އިބިލީހުގެ ރަސްކަން ހިިންގަނީ މިސަރަޙައްދުގައި ކަމަށެވެ. މިކަނޑުގެ ބޮޑުމިނަކީ ތިން ކަނުން ކޮންމެ ދެކަނެއްގެ ދެމެދު 1500 ކިލޯ މީޓަަރެވެ. ކޮންމެއަކަސް ބަރުމިއުޑާ ތިންކަން ކަނޑުގެ ނުރައްކަލާމެދު ތަފާތު ދިރާސާތައް ކުރެވެމުން ދިޔަކަމުގައި ވިއަސް ސައިންސުވެރިންވެސް ބުނަނީ މާބޮޑު ޙަޤީޤަތެއްނެތް ޚިޔާލުތަކަކާއި ތިޔަރީ ތަކެކެވެ. އަދި ޑރ. އަލްޤިރްނީގެ މިދަޢުވާއަކީވެސް ކަނޑައެޅޭ ހެއްކެއްނެތް ފުލޯކު ވާހަކައެކެވެ.
(وَاللَّهُ أَعْلَمُ)
މަޢުލޫމާތު: ނާސާއިން ނެރެފައިވާ ވީޑިއޯއިން

ކިޔުންތެރިންގެ ހިޔާލު