ރޭގެ މެޗްގައި ގޯލްޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން
ރޭގެ މެޗްގައި ގޯލްޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން
ސްޕެނިޝް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި 20 ގޯލު ޖަހައި އަދި 20 ގޯލު ޖަހަން މަގުފަހިކޮށްދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް މެސީ ހޯދައިފިއެވެ.

ސްޕެނިޝް ލީގުގައި ބާސާ އިން 1-0 އިން ރޭ ރެއާލް ވަލެޑޮލިޑް ބަލި ކުރި މެޗްގައި ޖެހި ހަމަ އެކަނި ގޯލް ކާމިޔާބުކުރީ، މެސީގެ ދިން މޮޅު ޕާހަކުން އާޓޫރޯ ވިޑާލް އެވެ. މި ގޯލާއެކު މެސީ ވަނީ މި ސީޒަނުގެ ލީގުގައި 20 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

މެސީ ވެފައިވަނީ 09-2008 ސީޒަނަށް ފަހު ސްޕެނިޝް ލީގުގައި 20 އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. 2009 ވަނަ އަހަރު 20 އެސިސްޓް ހެދީ ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އެވެ.

ރޭ ރަށުން ބޭރުގައި ހޯދި މި މޮޅާއެކު ބާސެލޯނާ ވަނީ އެއް މެޗު އިތުރަށް ކުޅެ ރެއާލް މެޑްރިޑާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ބާސެލޯނާ އަށް 36 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ވަނީ 35 މެޗު ކުޅެގެން 80 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި ބާކީ އޮތް ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. ރެއާލުން ލީގުގައި ދެން ނިކުންނާނީ ގްރަނަޑާއާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން