ބާންލީ އަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިން ޖޭ ރޮޑްރީގޭޒް
ބާންލީ އަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިން ޖޭ ރޮޑްރީގޭޒް
އަމިއްލަ ދަނޑުގައި ހުރިހާ ޓީމެއް ބަލިކުރަމުން އައި ޗެމްޕިއަން ލިވަޕޫލް، ބާންލީ އިން ހުއްޓުވައިފިއެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ލިވަޕޫލަށް މިހާރު ވަނީ އަމިއްލަ ދަނޑުގައި ސަތޭކަ އިންސައްތަ ރެކޯޑް ހަމަކޮށްގެން ލީގު ނިންމާލުމުގެ ފުރުސަތު ގެއްލިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ ފުލްބެކް އެންޑީ ރޮބާޓްސަންއެވެ. ދެ ވަނަ ހާފުގައި ބާންލީ އަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ ޖޭ ރޮޑްރީގޭޒް އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެއް ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ޓީމުގެ ރެކޯޑް އޮތީ ސަންޑަލޭންޑް އަތުގަ އެވެ. އެޓީމުން ވަނީ 92-1991 ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

މި ރެކޯޑާ އެންމެ ގާތަށް ޖެހިލި ޓީމަކީ މި ސީޒަނުގައި ލިވަޕޫލެވެ. އަމިއްލަ ދަނޑުގައި ހުރިހާ ޓީމެއް ބަލިކުރަމުން އައިސް މިރޭ ބާންލީއާ ދެކޮޅަށް ވެސް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު އެޓީމަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށް ވަނީ ބާންލީގެ އިނގިރޭސި ގޯލްކީޕަރު ނިކް ޕޯޕް އެވެ.

މިމެޗުން ލިވަޕޫލް އެއްވަރު ވީނަމަވެސް 2017 ވަނަ އަހަރު ސިޓީއިން ހަދާފައިވާ 100 ޕޮއިންޓުގެ ރެކޯޑް ކުރިއަށް އޮތް 3 މެޗުން 8 ޕޮއިންޓް ހޯދައިގެން ލިވަޕޫލްއަށް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ޗެމްޕިއަން ލިވަޕޫލަށް ސިޓީ އިން ހަދާފައިވާ 32 މެޗު ކާމިޔާބު ކުރި ރެކޯޑުވެސް ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށްގެން ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން