މަރިޔަމް ލަމްޙާ ރަޝީދު   3 އޯގަސްޓު 2023 - 11:58
މޭގައި ރޯގާ ހިފުމަކީ ރޯގާއާއި ފްލުއިޑް މޭގައި ގިނަވެފައި ހުރުމެވެ. ރޯގާ ޖެހުމާއި ސައިނަސް ހުންނަ މީހުންނަށްވެސް މި މައްސަލަ ވަރަށް އާއްމުކޮށް ދިމާވެއެވެ. އަދި މިކަމުގެ ސަބަބުން ނޭވާލާން އުނދަގޫވެ އަދި ގަދަޔަށް ކެއްސާގޮތް ދިމާވެއެވެ.

ކަފް ސިރަޕް އަކީ މިކަމަށް ޑޮކްޓަރީ ގޮތުން ދެވޭ ޚާއްސަ ބޭހެކެވެ. މިބޭހުން ކެއްސުން ހުއްޓުވައިދީ މޭގަނޑު ސާފުކޮށްދެއެވެ. އެހެންނަމަވެސް މި ބޭސްތައް ބޭނުންކުރުމުން ވަރުބަލިވެ ނިދި އަންނަ ގޮތް މެދުވެރިވެއެވެ.

ތިރީގައި މިވަނީ ބަދިގޭގައި އާއްމުކޮށް ގެންގުޅޭ ބާވަތްތައް ބޭނުންކޮށްގެން މޭގަނޑު ސާފުކޮށްލައި ހައްޓަށް ލުޔެއް ހޯދުމަށް ތައްޔާރުކޮށްލެވިދާނެ ރޯގާ ފަސޭހަކޮށްދޭ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:½ ސައި ސަމްސާ އިނގުރު (ގާނާފައި)

3-5 ފުއް އަސޭމިރުސް

1 ޖޯޑު ފެން

1 ސައި ސަމްސާ މާމުއި

ތައްޔާރުކޮށްލާނެ ގޮތް:ފެންފޮދު ކުޑަ ތެއްޔަކަށް އަޅައި ކައްކާށެވެ. އަދި އަސޭމިރުހާއި އިނގުރު އެއަށް އަޅާށެވެ. އަދި 10 ވަރަކަށް މިނެޓު ނުވަތަ ރަހަގަނޑު ނިކުންނަ ވަރަށް ކައްކާލާށެވެ. އެއަށްފަހު ޖޯޑަކަށް ފުރާނާލާށެވެ. އަދި މާމުއި އަޅައި ގިރާލާށެވެ. އަދި މަޑުމަޑުން އެތިއެތިކޮޅުން ބޯލާށެވެ.

އިނގުރާއި މާމުޔަކީ އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވޭ ބާވަތެކެވެ. މީގެ އިތުރުން މާމުޔަކީ ބަލިތަކުން ދިފާއުކޮށްދޭ އިމިއުނިޓީ ވަރުގަދަކޮށްދޭ މާއްދާތައްވެސް ހިމެނޭ ބާވަތެކެވެ. އަދި މިއީ ވަރަށް ކުރީއްސުރެވެސް ދިވެހިންގެ ތެރޭގައި ކުދިން ބަލިވުމުން ތައްޔާރުކޮށްފައިދޭ ބުއިމެއްކަންވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން