ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ރިއަލް މެޑްރިޑްގެ ކުޅުންތެރިން
ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ރިއަލް މެޑްރިޑްގެ ކުޅުންތެރިން
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި 4 ޕޮއިންޓްގެ ލީޑް ދަމަހައްޓައި ތައްޓާމެދު ކުރާ އުއްމީދު ދަމަހައްޓައިފިއެވެ.

ލީގުގައި ބާކީ ތިން މެޗް އޮތް އިރު އޭގެ ތެރެއިން ދެ މެޗް ރެއާލުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ލީގު ކަށަވަރު ވާނެ އެވެ. އަދި ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މިރޭ ރެއާލް ވަލޮޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ ބަލިވެއްޖެ ނަމަ ހޯމަ ދުވަހުގެ ރޭ ގްރަނާޑާ އާ ވާދަކޮށް ކުޅޭ މެޗް ކާމިޔާބުކޮށްގެން ރެއާލަށް ލީގު ކަށަވަރުކުރެވޭނެ އެވެ.

ރެއާލް މެޑްރިޑުން ރޭގެ މެޗްގައި ލީޑް ނަގައިފައިވަނީ މެޗްގެ 11 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ މިވަގުތު ފޯމްގައި ހުރި ފްރާންސްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިއީ ބެންޒެމާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 18 ވަނަ ގޯލެވެ. ރެއާލް އިން މެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗްގެ 50 ވަނަ މިނެޓްގައި ބެންޒެމާ ދިން ބޯޅައަކުން ސްޕެއިންގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ވަނީ ފަހުން ބަދަލުކޮށްފަ އެވެ.

ރެއާލް މެޑްރިޑަށް ލީގު ޗެމްޕިއަންކަން އެންމެ ފަހުން ލިބިފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭރުވެސް ރެއާލް އަށް އިރުޝާދު ދޭން ހުރީ މިދިޔަ އަހަރު ދެވަނަ ފަހަރަށް ޓީމާ ހަވާލުވި ފްރާންސްގެ ތަރި ޒިނެޑިން ޒިދާން އެވެ. ޒިދާން ވަނީ ރެއާލް މެޑްރިޑްގެ ކޯޗްކަމުގައި ހޭދަ ކުރި ދުވަސްތަކުގެ ތެރޭގައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން