މިދިޔަ ޖޫން މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 1.61 ބިލިޔސން ރުފިޔާގެ ޢާމްދަނީއެއް ލިބިއްޖެއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެހެން މަސްމަހެކޭވެސް އެއްފަދައިން ޖޫން މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޢާމްދަނީން ނަގާ ޓެކުހުންނެވެ. ޢާމްދަނީން ނަގާ ޓެކުހުން 604.21 މިލިޔަން ރުފިޔާގެ ޢާމްދަނީއެއް ވަނީ ލިބިފައެވެ. އެހެނިހެން ޓެކުހާއި ފީން ލިބުނު ޢާމްދަނީ 169.34 މިލިޔަނަށް އަރައެވެ.

މުދަލާއި ޚިދުމަތުން ނަގާ ޓެކުހުން 474.35 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންބިމުގެ ކުލިން 231.13 މިލިޔަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖުން 68.67 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން 64.74 މިލިޔަން ރުފިޔާ ޢާމްދަނީގެ ގޮތުގައި މިދިޔަ ޖޫންމަހު މީރާއަށް ލިބިފައިވެއެވެ.

މިދިޔަ ޖޫން މަހު މީރާއަށް ލިބުނު ޢާމްދަނީގެ ތެރޭގައި 48.42 މިލިއަން އެމެރިކާ ޑޮލަރުން ބަލައިގަތް ފައިސާވެސް ހިމެނެއެވެ.

މިދިޔަ ޖޫންމަހު މީރާއަށް ލިބުނު ޢާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.7 ދަށް އަދަދެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން