ރޭގެ މެޗުގައި ބާސާގެ ގޯލް ސުއާރޭޒް ކާމިޔާބުކޮށްދެނީ
ރޭގެ މެޗުގައި ބާސާގެ ގޯލް ސުއާރޭޒް ކާމިޔާބުކޮށްދެނީ
އެސްޕަނިޔޯލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ދިފާއު ކުރުމުގެ އުއްމީދު އާކޮށްފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗް 1-0 އިން ކާމިޔާބުކޮށް އެޓީމުން ވަނީ ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓަކަށް ކައިރިކޮށްފައެވެ. ރެއާލް އަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެން ބާސާ ވަނީ 76 ޕޮއިންޓް ހޯދައިފައެވެ. މުޅިއެކު 77 ޕޮއިންޓް ހަމަކޮށްފައިވާ ރެއާލް މާދަމާރޭ ޑިޕޯޓިވޯ އަލަވެސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލަށް، އަނެއްކާ ވެސް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. ބާސެލޯނާ އަށް ބާކީ ތިން މެޗު އޮތްއިރު ރެއާލަށް ހަތަރު މެޗު އެބައޮތެވެ.

ބާސެލޯނާގެ ދަނޑު ކޭމްޕް ނައުގައި ކުޅުނު މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އަދި އެސްޕަންޔޯލްގެ ޕޯލް ލޮޒާނޯ އަށް ވެސް 53 ވަނަ މިނެޓުގައި ރަތް ކާޑެއް ދެއްކިއެވެ. ބާސެލޯނާގެ ހަމައެކަނި ގޯލް އޭގެ ތިން މިނެޓު ފަހުން ޖެހީ ލުއިސް ސުއަރޭޒެވެ. މިއީ އެންޓޮއިން ގްރިޒްމަން ފުންނާބުން ޖައްސާލި ބޯޅައެއް ލިއޮނަލް މެސީ ގޯލަށް ފޮނުވާލުމުން ބްލޮކްވެގެން ނުކުތް ވަގުތު ސުއަރޭޒް ޖެހި ގޯލެކެވެ.

މި މެޗުން ބަލިވުމުން އެސްޕަންޔޯލް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. ތާވަލުގެެ ފުލުގައި އެޓީމް އޮތީ 35 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ.

ބާސާ އަށް ދެން ކުރިއަށް އޮތީ ރެއާލް ވަލަޑޮލިޑާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅެން އޮތް މެޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން