ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒެކެވެ. އެގޮތުން، ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް މިހާރު ވަނީ ފަށައިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މިޕްރޮގްރާމް ކުރިއަށް ގެންދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަަށެވެ.

ފެންކުންފުނިން ހާމަކޮށްފައިވާ ގޮތުން، މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މަޢާފްކޮއްދެވޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކައި ޚަލާސްކުރުމަށްފަހު ޖޫރިމަނާ މަޢާފްކޮއްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ހުށައެޅުމުންނެވެ.

އަދި މިޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަމްބަރ 105 އަށް ގުޅުއްވުމުން، ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވައިގެން ނުވަތަ މެއިލްކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަވަން ޖެހޭ ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ. އަދި، ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހައި ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން