އަލްމަރައި ބްރޭންޑަކީ ކިރުގެ އެކި އުފެއްދުންތަކަށް ލޯބިކުރާ ކޮންމެ މީހަކުވެސް ލޯބިކުރާ އެއް ބްރޭންޑެވެ. އަލްމަރައިގެ ޕްރޮޑަކްޓްތަކުގެ ހާއްސަ ކަމީ ކޮންމެ އުމުރުފުރާއެއްގެ މީހަކުވެސް ފާހަގަކުރާނެ ކަމެކެވެ. އަލްމަރައި އަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ؛ އެއީ ފެންވަރާއި، އުފެއްދުންތެރިކަމާއި، އިތުބާރުގެ ޔަގީންކަން ދަމަހައްޓާ ކަމުގެ ރަމްޒެކެވެ.

ތާޒާ ކިރުގެ ބާވަތްތައް އުފައްދައި ވިއްކުމަކީ އަލްމަރާއީ ބްރޭންޑުގެ ވިޔަފާރީގެ މައިގަނޑު އަމާޒެވެ. އަލްމަރައި ބްރޭންޑު ތަޖުރިބާ ކޮށްލައިފިނަމަ، ކިރުގެ އެކި ބާވަތްތަކުން ލިބިގެންދާ މީރު ރަހައިން ހިތަށް ފިނިގެން ލިބިގެންދާކަމީ ގިނަބަޔަކު ގަބޫލު ކުރާނެ ހަގީގަތެކެވެ. މީގެންވެސް އެނގިގެންދަނީ އަލްމަރައިގެ އުފެއްދުންތަކުގައި ތާޒާކަމާއި ކޮލިޓީ ދެމެހެއްޓުމަށް އިސްކަންދޭކަމެވެ.

ކިރުގެ އެކި ބާވަތްތަކަށް ހާއްސަ އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ތާޒާ ކިރުން ފެށިގެން، އެކި ފްލޭވަރޒް ގެ ކިރާއި، ޗީޒް، ވިޕިންގ ކްރީމް، ކޫކިންގ ކްރީމް އަދި އެކި ރަހައިގެ ޖޫސް މިއީ ފާހަގަކޮށްލެވޭ ބާވަތްތަކެވެ. އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ޖޫސް ޕެކެޓާއި، އެކި ރަހަތަކުގެ ކިރު ޕެކެޓަކީ ދަރިފުޅަށް އިންޓަރވަލް ގަޑިއަށްވެސް އެންމެ ކަމުދާނެ ބުއިންކަން ޔަގީނެވެ. މީގެއިތުރުން، މިބްރޭންޑުގެ ޗީޒުން ސޭންޑްވިޗާއި ބަރގަރ ފަދަ ކެއުމުގެ ބާވަތްތަކަށް އިތުރު ފުރިހަމަ ކަމެއްވެސް ގެނެސްދެއެވެ.



1977 ވަނަ އަހަރު ވުޖޫދަށް އައި ބައިނަލްއަގުވާމީ މި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ މެދުއިރުމަތީގެ ގައުމުތަކުގައި އުފައްދާ ނަންބަރ 1 ޕްރޮޑަކްޓްތަކުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އުފެއްދުން ތަކެކެވެ. ހުރިހާ އުމުރެއްގެ ފަރާތްތަކަށްވެސް ހާއްސަ، ސިއްހަތަށް ފައިދާ ހުރި އަދި ބޯލަން މީރު ކިރާއި، ޖޫސް، ޗީޒް، އަދި ބޭކަރީގެ އެކި ބާވަތްތައް ހިމެނޭ އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ މިސަރަޙައްދުގައި ކާބޯތަކެއްޗާއި، ބުއިމުގެ އެކި ބާވަތްތަކުގެ ވިޔަފާރީގައި އެންމެ ބޮޑު އެއް ކުންފުންޏެވެ.

އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ގިނަ ދިވެހިންނަށްވެސް މިހާރު ކަމުދާ އަދި ރަހަމީރު ޕްރޮޑަކްޓްތަކެއްގެ ގޮތުގައި ފާހަގަ ކުރާ ޕްރޮޑަކްޓް ތަކެކެވެ. މި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ. އެގޮތުން އަލްމަރައި ބްރޭންޑްގެ ފުލް ކްރީމް ކިރާއި އެކި ފްލޭވަރސް ގެ ކިރު ޕެކެޓާއި، އެކި ފްލޭވަރސް ގެ ޖޫސް ޕެކެޓާއި، ސްލައިސް ޗީޒް، ކޫކިންގ ކްރީމް، އަދި ވިޕިން ކްރީމް ވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓުގެ ހާއްސަ ވެބްސައިޓާއި ވިލާމާޓް އެޕް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބާޒާރު ކޮށްލެވޭނެއެވެ. އަދި އޮންލައިންކޮށް ބައްލަވައިގަންނަ މުދާ ރަށު ބޯޓާއި ހަމައަށްވެސް ވިލާ މާޓުން ޑެލިވަރ ކޮށްދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން