ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މަކިޓާގެ އުފެއްދުންތަކުގެ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 21 ން ޖުލައި 31 ވަނަ ދުވަހާއި ހަމައަށެވެ. އެސްޓީއޯގެ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދު ﷲ ސައީދުއެވެ.

މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިލައްވާނެކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެސްޓީއޯއިން ވަނީ ޖޫން 2022 ން މެއި 2023 އަށް މަކިޓާ ޝޯރޫމުން އެންމެ ގިނައިން ތަކެތި ބައްލަވައިގެންފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް އަރުވާފައެވެ. އަދި ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރިކުރައްވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް އެސްޓީއޯއިން ވަނީ ޚާއްސަ ހަދިޔާއެއްވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން