މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައި ހައިރައިސް އިންޓަނޭޝަނަލް އާއެކު އެކުންފުނިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހައިރައިޒް އިންޓަނޭޝަނަލް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަކިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ.

އެގޮތުން މިއަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއި އެކު އިންޓަރެކްޓިވް ނެޓްވޯކިންގ ޕްލެޓްފޯމެއް ގާއިމްކުރެވޭނެއެވެ. އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފަރނިޗަރ ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެއެވެ. މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި، ގެދޮރާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެއެވެ.

އަރބަންކޯއިން ބުނީ އެކުންފުނީގެ ސްކޯޕް ބޮޑުކޮށް، އަރބަން ސިޓީ ޑިވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭނެ އެކްސްޕޯއެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން