އުފާވެރި ޢާއިލާއެއް: ދަރީން ހެޔޮލަފާ ކުދިބަޔަކަށް ހެދޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެދަރިންނަށް ރިވެތި ނަމޫނާ ދައްކައިގެން.
އުފާވެރި ޢާއިލާއެއް: ދަރީން ހެޔޮލަފާ ކުދިބަޔަކަށް ހެދޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެދަރިންނަށް ރިވެތި ނަމޫނާ ދައްކައިގެން.
ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އެދޭނަމަ، އެންމެ ފުރަތަމަ ކަމަކަށް މައިންބަފައިންނާއި ބެލެނިވެރީންގެ މައްޗަށް ލާޒިމުވެގެންވަނީ، އެބައިމީހުންނަކީ، އަޚްލާޤު ރީތި، ތެދުވެރި، ވަފާތެރި، މާތް މީހުންނަށް ވުމެވެ. ބަހާއި ޢަމަލުންނެވެ. ޔަޤީނެވެ. ތިމާމެންގެ ދަރީންނަކީ ތިމާމެން އެދޭފަދަ ރަނގަޅު، މާތް ކުދިބަޔަކަށް ހެދޭނީ، އެގޮތުގެމަތީން ޢަމަލުތައް ބެހެއްޓިގެންނެވެ.

އެގޮތުގެމަތީން، ދަރީންގެގައިގައި ހުންނަން އެދޭ ހަރުދަނާ މާތް ސިފަތަކެއްގެވެރީން ކަމުގައި ފުރަތަމަވާންވާނީ، އެކުދީންގެ މައިންބަފައިންނާއި ބެލެނިވެރީންނެވެ. މިހެން ނުވެއްޖެނަމަ، އެދެވޭ ރަނގަޅުގޮތެއްގައި ދަރީން، ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އަދި ދަރީން ބޮޑުވަމުން އަންނައިރު، ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން އެކުދީންނަށް ގެއްލުން ލިބިދާނެ ކޮއްމެ ޖައްވަކުން، އެކުދީން ސަލާމަތްކޮށް، ރައްކައުތެރި ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރީންގެ ވާޖިބެކެވެ. އެހެންކަމުން ދަރީން، ރަގަނޅު ކުދިބަޔަކަށްވުމަށް އެދޭ މައިންބަފައިންނާއި ބެލެނިވެރީންވެސް އެކުދީންނަށް ސްކޫލުންދޭ ތަޢުލީމާއި އަދި އެ ދަރީންގެ ޢުމުރާ އެކަށޭނެ މިންވަރަށް އެކުދީން ތަރުބިއްޔަތު ކުރެވޭތޯ ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ހަމަ އެކަނި ނަމޫނާ ބަޔަކަށް މައިންބަފައިން ވުމަކުންވެސް ނުފުދޭނެ އެވެ. މިކަމުގައި މައިންބަފައިންގެ ކޮނޑުގައި ޒިއްމާތަކާއި ވާޖިބުތަކެއް ވެއެވެ.

**********************

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން