ޑްރީމްސް މޮބައިލްގެ އާފިހާރައެއް ހުޅުވައިފިއެވެ.

ތަފާތު ވައްތަރުގެ މޮބައިލް އަދި ޓެކްނޮލޮޖީގެ އާލާތްތަކުން ފުރިގެންވާ މިފިހާރަ ހުޅުވާފައި ވަނީ މަޖީދީމަގު ޒިކުރާ މިސްކިތް ކުރިމަތީ، މއ. މާސީ ގޭގެ ގްރައުންޑް ފްލޯގައެވެ.

ޑްރީމްސް މޮބައިލްގެ މި އާ ފިހާރައިގެ މަޤްޞަދަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މޯބައިލް ފޯނާއި އެކްސެސަރީޒް އަދި ޑްރީމްސް މޮބައިލްގެ މިހާރު ހުރި އައުޓްލެޓްތަކުން ލިބޭ އިތުރު ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.އެގޮތުން، ޑްރީމްސް މޮބައިލްގެ އެހީތެރިކަމާއެކު ޖީބަށް ލުއި، ކޮލިޓީ މޮޅު އެންމެ ފަހުގެ އުފެއްދުން ތަކުގެ މޯބައިލް ފޯނާއި އެކްސެސަރީޒް ގަތުމަށް މިހާރު މާ ފަސޭހައެވެ. އަދި ޑްރީމްސް މޮބައިލްއިން ތައާރަފްކޮށްފައިވާ އެކި އިންސްޓޯލްމަންޓް އަދި ފައިނޭންސިންގް ޕްލޭންތަކުގެ އެހީގައި ފަސޭހަކަމާއެކު ބޭނުންވާ މޯބައިލް ފޯނެއް ގަނެލެވޭނެއެވެ.

މީގެއިތުރުން، ޑްރީމްސް މޮބައިލްގެ ކޮންމެ އައުޓްލެޓަކުން ވިޔަފާރިކޮށްލިއަސް ރާއްޖޭގެ ކޮންމެ ތާކަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އޮންލައިންކޮށް ވިޔަފާރިކޮށްލަން ބޭނުންނަމަ ޑްރީމްސް މޮބައިލްގެ ހާއްސަ  ވެބްސައިޓް މެދުވެރިކޮށްވެސް ވިޔަފާރިކޮށްލެވޭނެއެެވެ.ޑްރީމްސް މޮބައިލްގެ އާ ފިހާރައިގެ އިތުރުން، ޑްރީމްސްގެ ހަތަރު އައުޓްލެޓެއް މިހާރުވަނީ ގާއިމުކޮށްފައެވެ. މީގެތެރޭގައި މާވެޔޮމަގާ މަޖީދީމަގު ގުޅޭ ކަންމަތީގައި މަޖީދީ މަގުގައި ގާއިމުކޮށްފައިވާ ޑްރީމްސް، ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ގާއިމުކޮށްފައިވާ ޑްރީމްސް އެލްޓީއީ، އަދި ހަމަ އެސަރަހައްދުގައި ގާއިމުކޮށްފައިވާ ޑްރީމްސް މޮބައިލް ސަރވިސް ސެންޓަރ، އަދި މަޖީދީމަގުގައި ގާއިމުކޮށްފައިވާ ޑްރީމްސް ޕްލަސް ވެސް ހިމެނެއެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ ޑްރީމްސް މޮބައިލްގެ ފިހާރަތަކަށް ވިޔަފާރިކުރަން ދާ ކޮންމެ ކަސްޓަމަރަކުވެސް ކުރެވޭނެ ތަޖުރިބާއެކެވެ. މިކަން ކަށަވަރުކޮށް ވިޔަފާރިވެރިންނާއެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޑްރީމްސް މޮބައިލް އިން މިހާރުވަނީ ޚާއްޞަ ކަސްޓަމަރ އެކްސްޕީރިއަންސް މޮނިޓަރިންގ ހެލްޕްލައިނެއް ލޯންޗުކޮށްފައެވެ. މި ހެލްޕްލައިންގެ ހިދުމަތް ހޯދުމަށް އީމެއިލްގެ އިތުރުން 7926111 އަށް ގުޅާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން