އަހުމަދު މަސްނޫމް   28 މޭ 2023 - 3:27
އާޓިފިޝަލް ބިޗު ކައިރީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އަންގާފައި ވަނިކޮށް އެމައްސަލަ އެމްޑިޕީން ކޯޓަށް ހުށަހަޅައިފިއެވެ.

ހެންވޭރުގައި ހުންނަ އެމްޑީޕީގެ ހަރުގެއަކީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް އަދި މިހާރު ދަ ޑިމޮކްރެޓްގެ ނަމުގައި އުފައްދާ ޕާޓީއަށް ސޮއިކޮށްފައިވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައި ހަދާފައި ހުރި ހަރުގެއެވެ. އޭނާ ވަނީ އެމްޑީޕީ ހަރުގެ ހުސްކުރަން މިދިޔަ މާޗުމަހު ޕާޓީއަށް އަންގާފައެވެ. އަދި އެއްބަސްވުމުގެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފައެވެ.

ނަމަވެސް އެތަން ހުސްނުކޮށް އެމްޑީޕީން ވަނީ އެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައެވެ. އެއީ އެތަނުގައި ހަރުގެ ހިންގުމަށް ހެދި އެއްބަސްވުމުގެ ދަށުން އެމްޑީޕީގެ ހައްގުތަކަށް އުނިކަން އަންނާތީކަމަށް ބުނެއެވެ.

މި މައްސަލަ ސިވިލް ކޯޓުން ވަނީ މާދަމާ ހެނދުނު 10:30އަށް ތާވަލުކޮށްފައެވެ.

ހަރުގެ ހުސްކުރަން އެންގީ ބިމުގެ ވެރިފަރާުތުން އެތަނުގައި އިމާރާތެއް އެޅުމަށް ބޭނުންވާތީކަމަށް އެމްޑީޕީއަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން