ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް ގެނެސަދޭނެކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެެވެ

ނަހުލާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން އިސްނަަގައިގެން ޒުވާނުންނަށް އަމާޒުކޮށްގެން ރޭ ހުޅުމާލޭގައި ބޭއްވި "ފުރަވީރުން" އިވެންޓްގައި ވާހަކަ ދައްކަވަމުންނެެވެ.

"ފުރަވީރުން" ނަމުގައި ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ އިވެންޓުގައި ޖުމްހޫރީީ ޕާޓީއާއި އަލަށް ގުޅުނު 2023 މެމްބަރުންގެ ފޯމު ޤާސިމާއި މިނިސްޓަރ ނަހުލާ ވަނީ ހަވާލުކުރަށްވާފައެވެ. ލައިވް މިއުޒިކާއި، ހަވާއެރުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު އޮތް މި ހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އާންމު މެމްބަރުންގެ މިންނެތް މަސައްކަތުން އެޕާޓީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އެންމެ ބޮޑު ޕާޓީއަށް ވެގެންދާނެކަމަށެވެ. އަދި އެޕާޓީން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަަމަށް އެކަމަނާ ވިދާޅުވިއެެވެ.

ޖުމުހޫރީ ޕާޓީން ބުނީ މިއީ ފަހުގެ ތާރީހެއްގައި މިހާ އަވަސް އަދި ކުރު މުއްދަތެއްގައި ބޭއްވިފައިވާ މިހާ ފުރިހަމަ ފުރަތަމަ ހަފްލާކަމަށެވެ. މި ހަރަކާތުގެ ސަބަބުން ޒުވާނުންނަށް އިތުރު އުފާވެރިކަން ގެނުވައި، އުންމީދެއް ލިބިގެން ގޮސްފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެެެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން