ޤާނޫނުގައިވާ އަދަދަށް ރަޖިސްޓްރީކޮށްފިނަމަ 8 ގައުމުގެ 9 ސިޓީއެއްގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެެވެ.

ކޮންމެ އިންތިހާބެއްގައިވެސް ވޯޓް ފޮށި ނިސްބަތްވާ ދާއިރާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ވޯޓް ފޮށި ބަހައްޓަނީ ވަކި އަދަދަކަށް ވޯޓްލާން މީހުން ރަޖިސްޓްރީކުރާނަމައެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައިވެސް ވޯޓް ފޮށިތައް ބެހެއްޓުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ގޮތެއް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ބޭރުގެ 8 ގައުމެއްގެ 9 ސިޓީއެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 150 މީޙުން ރަޖިސްްޓްރީކޮށްފިނަމަ ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމް، ނިއުދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައެވެ.

ހަބީބް ވިދާޅުވީ މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް، ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމެވުމެއްކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.



ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓުގައި ވާވޮތުން 282755 މީހަކަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ލިސްޓުގައިވާ ގޮތުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން