އަލީ ސަބްރީ ރަހީމް
އަލީ ސަބްރީ ރަހީމް
ގިނަ އަދަދެއްގެ ރަނާއި ސްމާޓް ފޯނުތަކެއް ވަގަށް އެތެރެކުރަން އުޅުނު ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ލަންކާއަށް ޑިކްލެއާ ނުކޮށް 3 ކިލޯއަށްވުރެ ގިނަ ރަނާއި 91 ސްމާޓް ފޯން އެތެރެކުރަން އުޅެނިކޮށް ހައްޔަރު ކޮށްފައި ވަނީ ޕުއްޓަލަމް ޑިސްޓްރިކްޓްގެ މެމްބަރު އަލީ ސަބްރީ ރަހީމެވެ. އޭނާގެ ފޮށިން ފެނުނު ރަނާއި އިލެކްޓްރޯނިކްސް އާލާތްތަކުގެ އަގު 78 މިލިއަން ލަންކާ ރުޕީސްއަށް އަރާނެ ކަމަށް ލަންކާގެ ކަސްޓަމުން ބުނެފައި ވެއެވެ.

ސްރީލަންކާ ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް މެމްބަރު ޖޫރިމަނާ ކޮށްފައިވަނީ 7.5 މިލިއަން ރުފީސްއިންނެވެ. އަދި އެފައިސާ ދެއްކުމަށް ޝަރުތުކޮށް އޭނާވަނީ ދޫކޮށްލާފައެވެ. ނަމަވެސް ޑިކްލެއާ ނުކޮށް އެތެރެކުރަން އުޅުނު ރަނާއި މޯބައިލް ފޯނުތައް ހިފަހައްޓާފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ.

ސްރީލަންކާގެ ކަސްޓަމްސްގެ އޮފިޝަލުން ޞަބްރީ އިއްޔެ ހިފަހައްޓާފައިވަނީ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ސަބްރީ ވަޑައިގެންނެވީ ދުބާއީންނެވެ.

ސްމަގްލިންގެ މައްސަލައިގައި މެމްބަރު އަލީ ސަބްރީ ރަހީމް ހައްޔަރުކުރުމާ ގުޅިގެން އިއްޔެ ލަންކާގެ ގާނޫނުހަދާ މަޖިލީހުގައި ވަރަށް ހޫނު ބަހުސްތަކެއް ވަނީ ހިނގާފައެވެ. ގިނަ މެމްބަރުން ވަނީ މެމްބަރުގެ މައްޗަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން