އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަށް މެންޗެސްޓަރ ސިޓީއަށް ފުރުސަތު ބޮޑުވެއްޖެއެވެ.

ސިޓީއަށް ލީގުގެ ތަށި ދިފާއުކުރަން ފުރުސަތު ބޮޑުވީ އެޓީމު ރޭގެ މެޗު ކާމިޔާބުކުރިއިރު, އެއްވަނައަށް ވާދަކުރާ އާސެނަލް ރޭގެ މެޗުން ބަލިވުމުންނެވެ. ސިޓީ އާއި އެވަޓަން ރޭ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކުރީ 3-0ންނެވެ. ބްރައިޓަންގެ އަތުން އާސެނަލް ބަލިވީވެސް ހަމަ މި ނަތީޖާއިންނެވެ. މިއާއެކު ސިޓީ ވަނީ 35 މެޗުން 85 ޕޮއިންޓު ހޯދާފައެވެ. ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން އާސެނަލްއަށް ލިބެނީ 81 ޕޮއިންޓެވެ.

އެހެންކަމުން ލީގު ކާމިޔާބު ކުރުމަށްޓަކާ ސިޓީއަށް މިހާރު ބޭނުން ވަނީ އެއް މެޗުން މޮޅެއް ހޯދުމެވެ. ލީގުގައި ސިޓީއަށް އަދި ބާކީ ތިން މެޗު އެބައޮތެވެ.

މިފަހަރުގެ ތަށި ސިޓީން ކާޏިޔާބުކޮށްފިނަމަ ޖެހިޖެހިގެން ތިން ފަހަރަށް ލީގުގެ ތަށި އެޓީމަށް އުފުލާލެވޭނެއެވެ. މިހާތަނަށް ޖެހިޖެހިގެން ތިން ފަހަރު ސިޓީއަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މިފަހަރުގެ ތަށި ސިޓީން ކާމިޔާބުކޮށްފިނަމަ ފާއިތުވި ހަ ސީޒަންގައި ފަސް ލީގު ތަށި އެޓީމަށް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން