މުޙައްމަދު ޔާސިރު މޫސާ   15 މޭ 2023 - 2:38
ދިވެހި ޕްރިމިއަރ ލީގުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއީ ބުރުން ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންވެސް ކާމިޔާބުކުރުމަށްފަހުއެވެ. އެއްވަނަ ޑިވިޝަންގައި ބުރު އެންމެ ފުރަތަމަ ވާދަކުރީ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައެވެ. އެމުބާރާތުގެ ސެމީ ފައިނަލަށް ބުރުން ދަތުރުކުރީ ވަރުގަދަ މާޒިޔާވެސް ބަލިކޮށްފައެވެ.

މިއަދު ހަވީރު ދިވެހި ލީގުގައި ބުރު ކުޅުނީ އެޓީމުގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން ބަލިވީ 3-1ންނެވެ. އެޓީމުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ޓީސީ ސްޕޯޓްސް ކްލަބާއެވެ. ބުރު މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހައިގެންނެވެ. ބުރަށް ލީގުގެ ފުރަތަމަ މޮޅު ހޯދައިދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ނާއިމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން