މާލޭ ކުޅިވަރު އެކުވެނިގައި ހުންނަ ބާސްކެޓްބޯޅަ ކޯޓާއި, ކުޑަހުވަދޫ ވޮލީކޯޓް ތަރައްގީކުރުމަށް ކުންފުނިތަކާއި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކުޅިވަރު އެކުވެނީގައި ހުންނަ ބާސްކެޓް ބޯޅަ ކޯޓުގެ ރޮސްޓްރަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ލިޓްލް ނިއު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 150 ދުވަސްތެރޭގައި ނިންމާގޮތަށް 4829144.53ރ. އަށެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޙައްމަދެވެ. ލިޓްލް ނިއު ކޮމްޕެނީ ޕްރއިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އިބްރާހިމް ހުމައިދެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ މެކްސްޓަރ މޯލްޑިވްސްއާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1,374,178.01 ރުފިޔާ އަށެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕއުޓީ މިނިސްޓަރ އަޙްމަދު ފުއާދެވެ. މެކްސްޓަރ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުހައްމަދު އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން