ސްޕެނިޝް ލީގުގައި ގެޓާފޭ އާއި ބައްދަލުކުރި މެޗުން ރެއާލް މޮޅުވެއްޖެއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0ންނެވެ. މެޗުން މޮޅުކޮށްދިން ލަނޑު ރެއާލްއަށް ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. ރެލިގޭޝަން ޒޯނުގައި އޮތް ގެޓާފޭ އާއި ވާދަކުރި މި މެޗުގައި ރެއާލްއިން ހަ ބަދަލު ގެނައެވެ.

ލަލީގާ ކާމިޔާބުކުރެވޭނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތުމުން އެޓީމުގެ އަމާޒު މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކުރުމަށެވެ. ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރާނީ މިއަންނަ ބުދަ ދުވަހުގެރޭއެވެ. ފުރަތަމަ ލެގުގައި ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ ވަނީ އެއްވަރުވެފައެވެ.

ގެޓާފޭ ބަލިކޮށްގެން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ 71 ޕޮއިންޓު ހޯދައިގެން ރެއާލް އޮތީ ތާވަލުގެ ދެވަނަ މަގާމުގައެވެ. ވާދަވެރި ބާސެލޯނާ އެއްވަނާގައި އޮތީ 82 ޕޮއިންޓު ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން