ވަރަށް ހާއްސަ ތަފާތުތަކާއެކު ދިވެހިންނަށް އެންމެ ކަމުދާ ރަހަތައް ގެނެސްދިނުމަށް ޑްރީމްސް ޕިއްޒާ ރީބްރޭންޑްކޮށް، ޕިއްޒާ އެކްސްޕްރެސް މިފަހަރު ތައާރަފްކޮށްފައިވަނީ ތަފާތު ޕިއްޒާ މެނޫ އަކާއެކުއެވެ.

ޕިއްޒާ އެކްސްޕްރެސްގެ އާމެނޫ ވެގެންދަނީ ދިވެހިންގެ ރަހަތަކާއި ގުޅޭ، އަދި ޕިއްޒާގެ ރަހަތައް ވުޖޫދަށް ގެނެސްދިން އިޓަލީ ވިލާތުގެ ރަހަތަކުން ފުރިހަމަވެފައިވާ ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކުރެވޭ އެކި ޕިއްޒާ ރަހަތައް ހިމެނޭ މެނޫއަކަށެވެ. އާ މެނޫއާއެކު އެންމެ ފާހަގަވެގެންދަނީ ޕިއްޒާ އެކްސްޕްރެސްގައި ތަފާތު ޑައިޓަރީ ޕްރެފެރެންސްތަކަށް ސަމާލުކަންދީފައި ހުރިކަމެވެ. އެގޮތުން ޕިއްޒާ އެކްސްޕްރެސް އިން ވަނީ ވީގަން ލައިފްސްޓައިލަށް ފެތޭ ތަފާތު ވައްތަރު ތަކުގެ ރަހަތައް އާމެނޫގައި ހިމަނާފައެވެ.

ޕިއްޒާ އެކްސްޕްރެސްގެ ޕިއްޒާ މެނޫ ތަޖުރިބާކޮށްލައިގެން ހާއްސަ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރުމިވަނީ ހުޅުވާލައިފައެވެ. މިޕްރޮމޯޝަނުގައި ބައިވެރިވެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ.

މިޕްރޮމޯޝަނުގައި ބައިވެރިވުމަށް، ޕިއްޒާ އެކްސްޕްރެސްގެ އިންސްޓަގްރަމް ނުވަތަ ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕްރޮމޯޝަނުގެ ޕޯސްޓް އަމިއްލަ އިންސްޓަގްރަމް ނުވަތަ ފޭސްބުކްގައި ހިއްސާކޮށްލައި، ޕިއްޒާ އެކްސްޕްރެސްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރަމް އެކައުންޓް ފޮލޯ ކޮށްލާށެވެ. އެއަށްފަހު، އިންސްޓަގްރަމް ނުވަތަ ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕްރޮމޯޝަނުގެ ޕޯސްޓް ދަށުގައި ޕިއްޒާ ކާހިތްވާ ތިން ރައްޓެހިން ޓެގް ކޮށްލާށެވެ.

ދެން މިއޮތީ މިޕްރޮމޯޝަނުގެ އެންމެ މުހިންމު މަރުހަލާއެވެ. އެއީ ޕިއްޒާ އެކްސްޕްރެސްގެ ހާއްސަ ޕިއްޒާ މެނޫއިން ޕިއްޒާއެއް ގަނެލުމަށްފަހު ރިސީޓުކޮޅު ނުގެއްލޭނެހެން ބޭއްވުމެވެ. މިކަންކަން ފުރިހަމަ ކޮށްލުމުން ޕިއްޒާ އެކްސްޕްރެސްގެ ހާއްސަ ޕްރޮމޯޝަނުގައި ބައިވެރިވެވުނީއެވެ.

މިޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ފަރާތް އިއުލާންކުރުން ކުރިއަށްދާނީ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.



ޕިއްޒާގެ މައިގަނޑު އަމާޒަކީ ގޭގައި ހަމަޖެހިލައިގެންތިބެ، ދިވެހިންނަށް ކަމުދާނެ ފަދަ ރަހަތަކުގެ ޕިއްޒާއިން ސުފުރާމަތި ފަޅުފިލުވާލަދިނުމެވެ. އެގޮތުން އަބަދު އެއްރަހަތަކެއް ބެލުމުގެ ބަދަލުގައި، އާ މެނޫ އަކާއެކު، މީރު ރަހަތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ބޭނުންނަމަ ޕިއްޒާ އެކްސްޕްރެސްގެ ޕިއްޒާއެއް ރަހަބަލާލުމުން ހިތްފުރޭނެކަން ޔަގީނެވެ.

ޕިއްޒާ އެކްސްޕްރެސް ޕިއްޒާ މާލެ އާއި ހުޅުމާލެއިން އޯޑަރުކޮށްލުމަށް ނަމްބަރު، 7211717 އަދި 7291717 އަށް ގުޅާލުމުން އެއްވެސް ތަކުލީފެއް ނުއުފުލާ ޕިއްޒާއަށް އޯޑަރުކޮށްލެވުނީއެވެ. މީގެ އިތުރުން ޒަމާނާއެއްގޮތަށް ޕިއްޒާ އެކްސްޕްރެސް އިން އޯޑަރުކޮށްލުމަށް ވެބްސައިޓްވެސް ހިޔާރުކޮށްލެވޭނެއެވެ. ޕިއްޒާ އޯޑަރުކޮށްލުމާއެކު، ކަސްޓަމަރާއި ހަމައަށް ޕިއްޒާ ޑެލިވަރ ވަންދެން ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ޕިއްޒާގެ ޑެލިވަރީ އަޕްޑޭޓްވެސް ލިބެމުންދާނެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން