މުޙައްމަދު ޔާސިރު މޫސާ   11 މޭ 2023 - 21:9
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަވެރި އޭސީ މިލާން ބަލިކޮށް, އިންޓަރ މިލާނުން މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އެޓީމު ބަލިވީ 2-0ންނެވެ. އިންޓަރގެ ދެލަނޑުވެސް އެޓީމުން ޖެހީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން އަށްވަނަ މިނެޓުގައި އިންޓަރއަށް ލީޑު ނަގައިދިނީ އެޑިން ޖެކޯއެވެ. މިއީ ކޯނަރެއްގައި އައި ބޯޅައެއް ފައިން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ދެމިނެޓު ފަހުން ހެންރިކް މިޚްތާރިޔަން ވަނީ އިންޓަރއަށް ލީޑު ފުޅާކޮށްދީފައެވެ. ފެޑެރިކޯ ޑިމާކޯ ދިން ބޯޅަ ހިފައިގެން ކުރިއަށް ޖެހިލުމަށްފަހު މިޚްތަރިޔަމް ލަނޑު ޖެހީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އިންޓަރ އާއި މިލާން ބައްދަލުކުރާ މެޗު އޮންނާނީ މިއަންނަ ބުދަ ދުވަހުގެރޭއެވެ. މި ދެޓީމުގެ ތެރެއިން ފައިނަލަށް ދަތުރުކުރާ ޓީމެއް ފައިނަލުގައި ވާދަކުރަން ޖެހޭނީ މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިގެ ތެރެއިން މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން