ޕީއެސްޖީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ އޭނާގެ ކުރިމަގާއި ގުޅޭގޮތުން ގޮތް ނިންމާނީ މިހާރު ކުރިއަށްދާ 2022-23 ސީޒަން ނިމުމުން ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.

މެސިޣެ ބައްޕާ ޖޯޖް ބުނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއަށް ދާން މެސީ އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ކްލަބަކާއެކު އެއްބަސްވުމެއް ލިޔެކިޔުމުން ނުވަތަ އަނގަބަހުންވެސް ހަދާފައި ނުވާނެކަމަށް އޭނާ ބުންޏެވެ. މެސީގެ ކުރިމަގާއިމެދު ގޮތް ނިންމާނީ މި ސީޒަން ނިމުމުން ކަން ވެސް އޭނާގެ ބައްޕަ ފާހަގަކުރިއެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން އެކްލަބުން މަސައްކަތް ކުރަމުން އަންނަނީ އިތުރު އެއް އަހަރަށް އެއްބަސްވުން ދިގުދަމާލާށެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މެސީގެ މާ ބޮޑު ޝައުގުވެރިކަމެއް އެކަމަށް ނެތެވެ. މެސީގެ ކުރީގެ ކްލަބު ބާސެލޯނާ އާއި ސައުދީގެ އަލް ހިލާލުންވެސް އަންނަނީ މެސީ ހޯދުމަށް މަސައްކަތްކޮށް، މަޝްވަރާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން