މުޙައްމަދު ޔާސިރު މޫސާ   10 މޭ 2023 - 23:18
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރުވެއްޖެއެވެ.

ރެއާލްގެ ސެންޓިއާގޯ ބާނަބެއުގައި ކުޅުނު މި މެޗު ނިމުނީ 1-0ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާގެ އެހީތެރިކަމާއެކު ރެއާލްއަށް ލީޑު ނަގައިދިނީ ވިނީޝިއޫސް ޖޫނިއާރއެވެ. ފުރަތަމަ ހާފު ނިމުނީ 1-0ން ރެއާލް ކުރީގައި އޮވެގެންނެވެ.

ސިޓީން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އިކައި ގުންޑޯގާން ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިނީ ކެވިން ޑެ ބްރައިންއެވެ.

މި ދެޓީމުގެ ތެރެއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ޓީމެއް ޔަގީން ވާނީ މި ދެޓީމު ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗުންނެވެ. މި މެޗު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރުއެވެ. މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި އިންޓަ މިލާނާއި އޭސީ މިލާން މިރޭ ވާދަކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން