މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގު 2023 ގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މި ސީޒަންގެ ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއެވެ. އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 7-2ންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ލަނޑުޖަހާ ފުރަތަމަ ލީޑު ނެގީވެސް މާޒިޔާއިންނެވެ. މާޒިޔާއަށް ލީޑު ނަގައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ ނުވަ މިނެޓު ފަހުން ޔޫވީގެ ޝަނާން ރަޝާދުއެވެ. ނަމަވެސް މާޒިޔާއަށް ލިބުނު ޕެނަލްޓީއެއްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ލަނޑުޖަހާ ދެވަނަ ފަހަރަށް މާޒިޔާއަށް ލީޑު ނަގައިދީފައެވެ. މާޒިޔާއަށް ލީޑުގައި ހިފަހައްޓާލެވުނީ ވިއްސަކަށް މިނެޓުއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔޫވީގެ އަހުމަދު ބައްސާމް ުހައްމަދު ނައީމް ވަނީ ލަނޑުޖަހާ އަނެއްކާވެސް ޔޫވީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުނީ 2-2ން އެއްވރު ވެގެންނެވެ. މާޒިޔާގެ އަނެއް ފަސް ލަނޑުވެސް އެޓީމުން ޖެހީ ދެވަނަ ހާފުގައެވެ. ހަމްޕު ވަނީ އިތުރު ދެލަނޑުޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ހަމްޕު އާއި ދާދުގެ އިތުރުން މާޒިޔާގެ ލަނޑުތައް ޖެހީ ސްޓެފަން މިހަލޯވިޗް އަދި އަލީ ފާސިރު ސެންޓޭއެވެ. ސްޓެފަން ދެލަނޑު ޖެހިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު, މުބާރާތުގެ ފުރަތަމަ މެޗުގައި ކްލަބް ވެލެންސިޔާގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބު ކުރިހޯދީ 2-0ންނެވެ. ކްލަބް އީގަލްސް އާއި ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު 3-1ން ކާމިޔާބުކުރީ އީގަލްސްއިންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން