އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓައ ސިޓީން ތާވަލުގެ އެއްވަނާގައި ރަނގަޅު ލީޑެއް ނަގައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1ންނެވެ. ސިޓީގެ ދެލަނޑުވެސް އެޓީމަށް ޖަހައިދިނީ އީކާއި ގުންޑޯގަންއެވެ. ނަމަވެސް އޭނާއަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވީއެވެ.

ލީޑްސްގެ ހަމައެކަނި ލަނޑު އެޓީމުން ކާމިޔަބުކުރީ ސިޓީން ދެލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ. ސިޓީގެ ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ލީޑްސްގެ ހަމައެކަނި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮޑްރިގޯ މޮރޭނޯއެވެ.

މި ނަތީޖާއާއެކު ސިޓީން ވަނީ އެއްވަނާގައި ރަނގަޅު ލީޑެއް ނަގާފައެވެ. ލީގު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ 34 މެޗުން 82 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލް އެއަދަދަށް މެޗު ކުޅެގެން ލިބުނީ 78 ޕޮއިންޓެވެ. މި ސީޒަންގައި މުބާރާތުގެ ތައްޓަށް ވާދަކުރަނީ މި ދެޓީމެވެ. ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ ހަތަރު މެޗު އެބައޮތެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, އޭއެފްސީ ބޯންމައުތު އަތުން ޗެލްސީ މޮޅުވީ 3-1ންނެވެ. ކްރިސްޓަލް ޕެލެސްގެ މައްޗަށް 1-0ން ޓޮޓެންހަމް ކުރިހޯދިއިރު, އެސްޓަން ވިލާއާއި ވާދަކުރި މެޗު ވުލްވްސްއިން ކާމިޔާބުކުރީ ހަމަ އެނަތީޖާއިންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން