ވަރަށް ހާއްސަ ތަފާތުތަކާއެކު ދިވެހިންނަށް އެންމެ ކަމުދާ ރަހަތައް ގެނެސްދިނުމަށް ޑްރީމްސް ޕިއްޒާ ރީބްރޭންޑްކޮށް، ޕިއްޒާ އެކްސްޕްރެސް ތައާރަފްކޮށްފިއެވެ.

މި އާބަދަލާއިއެކު ޕިއްޒާ އެކްސްޕްރެސްގެ ޕިއްޒާ ވެގެންދާނީ ދިވެހިންގެ ރަހަތަކާއި ގުޅޭ، އަދި ޕިއްޒާގެ ރަހަތައް ވުޖޫދަށް ގެނެސްދިން އިޓަލީ ވިލާތުގެ ރަހަތަކުން ފުރިހަމަވެފައިވާ ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކުރެވޭ ޕިއްޒާއަކަށެވެ.

ޕިއްޒާ އެކްސްޕްރެސްގެ މައިގަނޑު އަމާޒަކީ ގޭގައި ހަމަޖެހިލައިގެންތިބެގެން މާލެ އަދި ހުމާމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ޕިޒާއެއް އޯޑަރ ކުރެއްވޭނެގޮތަށް، ދިވެހިންނަށް ކަމުދާނެ ފަދަ ރަހަތަކުގެ ޕިއްޒާއިން ސުފުރާމަތި ފަޅުފިލުވާލަދިނުމެވެ. އެގޮތުން އަބަދު އެއްރަހަތަކެއް ބެލުމުގެ ބަދަލުގައި، އާ މެނޫ އަކާއެކު، މީރު ރަހަތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު މިވަނީ ޕިއްޒާ އެކްސްޕްރެސްއިން ފަހިކޮށްދީފައެވެ.އާ މެނޫއާއެކު އެންމެ ފާހަގަވެގެންދަނ ޕިއްޒާ އެކްސްޕްރެސްގައި ތަފާތު ޑައިޓަރީ ޕްރެފެރެންސްތަކަށް ސަމާލުކަންދީފައި ހުރިކަމެވެ. އެގޮތުން ޕިއްޒާ އެކްސްޕްރެސް އިން ވަނީ ވީގަން ލައިފްސްޓައިލަށް ފެތޭ ތަފާތު ވައްތަރު ތަކުގެ ރަހަތައް އާމެނޫގައި ހިމަނާފައެވެ. ޒުވާނުންނަށް ވަރައްކަމުދާ ޕިއްޒާއަކަން މިޕިއްޒާތައް ވެގެންދާނެކާމާމެދު ޝައަކެއްނެތެވެ.

ޕިއްޒާ އެކްސްޕްރެސްއިން ޓޭކްއަވޭ ޕިއްޒާގެ އަގުމިހާރު ކުޑަވާނެއެވެ, އަދި 30 މިނެޓްތެރޭގައި މާލެ އަދި ހުޅުމާލޭގެ ކޮންމެ ތަނަކަށްވެ ޕިއްޒާ ޑެލިވަރީ ކޮށްދެވޭނެއެވެ. ޕިއްޒާ އެކްސްޕްރެސްއިން ކުޑަކުދިންނަށް ހާއްސަ ޕިއްޒާވެސް މީގެތެރޭގައި ހިމެނެއެވެ. މި ޕިއްޒާތައް ތައްޔާރުކޮށް ފިހަނީ މި ސިނާއަތުގައި ފަނަރަ އަހަރަށްވުރެ ގިނަ ދުވަހުގެ ހީވާގި ކަމާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާ ލިބިފައިވާ ކަލިނަރީ ޕްރޮފެޝަނަލުންނެވެ.މީގެ އިތުރުން ޕިއްޒާ އެކްސްޕްރެސް އިން "ޕިއްޒާ އެކްސްޕްރެސް ސްޕެޝަލް" ގެނަމުގައި ތަފާތު ހަތަރު ރަހައެއް އެކުލެވޭ ޕިއްޒާ އަލަށް ތައާރަފްކޮށްފައިވެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ ޕިއްޒާގެ ޓޮޕިންގްސް އާއި ތަފާތު އެކި ޑްރިންކްސް ވެސް ހިޔާރުކޮށްލެވޭނެއެވެ.ކޮލިޓީއާއި ރަހަގެއްލިފައިވާ ބޭރުން އެތެރެކުރާ ޕިއްޒާއަށްވުރެ ތާޒާ، ކޮލިޓީ އަދި ޖީބަށް ބަރުނުވާނެފަދައިން ކަސްޓަމަރުންނަށް ކަމުދާނެފަދަ އެތައް ރަހަތަކެއް ހިމެނޭ ޕިއްޒާ އެކްސްޕްރެސް ތަޖުރިބާކޮށްލަން މިހާރު އަދި މާފަސޭހައެވެ.

އެގޮތުން ޕިއްޒާ އެކްސްޕްރެސް ޕިއްޒާ މާލެ އާއި ހުޅުމާލެއިން އޯޑަރުކޮށްލުމަށް ނަމްބަރު، 7211717 އަދި 7291717 އަށް ގުޅާލުމުން އެއްވެސް ތަކުލީފެއް ނުއުފުލާ ޕިއްޒާއަށް އޯޑަރުކޮށްލެވުނީއެވެ. މީގެ އިތުރުން ޒަމާނާއެއްގޮތަށް ޕިއްޒާ އެކްސްޕްރެސް އިން އޯޑަރުކޮށްލުމަށް ވެބްސައިޓްވެސް ހިޔާރުކޮށްލެވޭނެއެވެ. ޕިއްޒާ އޯޑަރުކޮށްލުމާއެކު، ކަސްޓަމަރާއި ހަމައަށް ޕިއްޒާ ޑެލިވަރ ވަންދެން ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ޕިއްޒާގެ ޑެލިވަރީ އަޕްޑޭޓްވެސް ލިބެމުންދާނެއެވެ.

ޑްރީމްސް ކުންފުންޏަކީ ދިވެހިންނަށް އާނަމެއް ނޫނެވެ. ދިވެހިންނަށް އެންމެ ކަމުދާނެ ފަދައިން ފަހުގެ ޓެކްނޮލޮޖީ ސާމާނު ވިއްކަމުންދާ ޑްރީމްސް މޮބައިލް ވިޔަފާރި ފުޅާވެގެން ގޮސް އެކުންފުނިން ދޭންފެށި ދިވެހިންނަށް އެންމެ ކަމުދާނެފަދަ ކެއުމުގެ ބާވަތްތަކުގެ ވިޔަފާރި ޑްރީމްސް ޑައިނަރ ވެސް ވެގެން ގޮސްފައިވަނީ ގިނަބައެއްގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އަދި ގިނަބަޔަކު ބަލައިގަންނަ ވިޔަފާރިއަކަށެވެ.

ކުދި ބޮޑު، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް އެންމެ ކަމުދާ ރަހަމީރު ޕިއްޒާ އެކްސްޕްރެސްގެ ޕިއްޒާ ކޮންމެ ހަފްލާއަކަށްވެސް ކަމުދާކަމީ ގިނަ ބަޔަކު ފާހަގަ ކުރާ ހަގީގަތެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން