އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީން އަނެއްކާވެސް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ސިޓީގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0ންނެވެ., ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ނަތަން އާކޭއެވެ. އޭގެ ފަހުން 70 ވަނަ މިނެޓުގައި ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޓީމުގެ ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.
މި ލަނޑާއެކު އޭނާ ވަނީ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ އެލަން ޝިއަރާ އާއި އެންޑީ ކޯލްގެ އަތުގައެވެ. ހާލަންޑު ވަނީ މި ސީޒަންގެ ޕްރިމިއަރ ލީގުހައި މިހާތަނަށް 35 ލަނޑު ޖަހާފައެވެ.
ސިޓީގެ ފަހު ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ ފިލް ފޮޑެންއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ 33 މެޗުން 79 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލް އެއް މެޗު އިތުރަށް ކުޅެގެން ލިބެނީ 78 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު