ޓެކަރސް 2023 ގެ ފާސްޓް މޫވިންގ ކޮންޒިއުމަރ ގޫޑްސް (އެފްއެމްސީޖީ) ޕާޓްނަރެއްގެ ގޮތުގައި ވިލާ ޓްރޭޑިންގ އާއެކު ސޮއިކޮށްފިއެވެ.

މި އަހަރުގެ ޓެކަރސް އިވެންޓުތަކުގެ އެފްއެމްސީޖީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވާ ވިލާ ޓްރޭޑިންގ އަކީ ކަސްޓަަމަރުންނަށް ބޭނުންވާ ހާއްސަ މުދާ ކަސްޓަމަރުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އިސްކަމެއް ދޭ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ހާއްސަ ކުންފުންޏެކެވެ.

ވިލާ ޓްރޭޑިންގގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ.

ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ކާބޯތަކެތީގެ އިތުރުން އާންމު ދިރިއުޅުމަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ. އެގޮތުން ވިލާ މާޓުގެ ހާއްސަ  ވެބްސައިޓް މެދުވެރިކޮށް، ވިލާ މާޓުގެ ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބައްލަވައިގަންނަ މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ވިލާ މާޓުން ދެމުންގެންދެއެވެ.

ޓެކަރސް 2023 ގެ އެފްއެމްސީޖީ ޕާޓްނަރެއްގެ ގޮތުގައި ވިލާ ޓްރޭޑިން ސޮއިކޮށްފައިވާއިރު، ޓެކަރސްއިން އަހަރަށް ރާވާފައިވާ އިވެންޓްތަކުގެ ތެރޭގައި ޓެކަރސް ރިސޯޓް ކަޕާއި ރާއްޖެ ކަޕް ހިމެނެއެވެ. ޓެކަރސް މޯލްޑިވްސް ރިސޯޓް ކަޕް ޗެމްޕިއަންކަން ހޯދުމަށް، ރިސޯޓް ކަޕް މުބާރާތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ރިސޯޓުތައް ވާދަކުރާނެއެވެ. ޓެކަރސް ރިސޯޓް ކަޕުގެ އެންމެ ފަހުހެ ޗެމްޕިއަންސް ލަގަބު ލިބިފައިވަނީ އޮޒެން ލައިފް މާދޫ ރިސޯޓަށެވެ.

މިއަހަރުގެ ޓެކަރސް ރާއްޖެ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓެކަރސް މޯލްޑިވްސް ކަޕުގެ ބަދަލުގައެވެ. ފުރަތަމަ ޓެކަރސް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައިވަނީ ގދ.ވަދޫ އިންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން