ރޯދަ ވީއްލުމަށް ރަހަމީރު ތަފާތު ބާވަތްތައް ސުފުރާމަތީގައި ހުރުމަކީ އެންމެންވެސް ހިތް އެދޭނެ އަދި ބޭނުންވާނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް ގެއިން ބޭރުން ރޯދަ ވީއްލުމަކަށް އިންސާފު ކުރާނަމަ، ތަފާތު ރަހަމީރު ބާވަތްތައް ލިބޭނެ ޑައިނަރ އެއް ނުވަތަ ރެސްޓޯރަންޓެއް އިޚުތިޔާރު ކުރުން ވަރަށްވެސް މުހިންމެވެ.

ހަފްތާ ބަންދާ ދިމާކޮށް ރެސްޓޯރެންޓަކުން ރޯދަވީއްލުމަށް ހިޔާރު ކުރާނަމަ މިކަމާމެދު މިހާރު މާހާސްވާކަށް ނުޖެހެއެވެ. ހަމަގައިމުވެސް ހުކުރު ދުވަހު މިފަދަ ހާއްސަ ރޯދަ ވީއްލުމެއް އިހުތިޔާރު ކުރާނަމަ ޑްރީމްސް ކުންފުނީގެ ބިރިޔާނީ ރޯޔަލް ވަރެއް ނެތެވެ.

މިދެންނެވި ނަމާ އެއްފެންވަރުގެ މީރު ބިރިޔާނީއެއްގެ އިތުރުން، އިންޑިއާގެ ތަފާތު ރަހަތަކާއި، ހުޅަނގާއި ދިވެހިރާއްޖޭގެ މީރު ރަހަތަކުން ފުރިހަމަވެފައިވާ ރޯދަވީއްލުމަކަށް ބިރިޔާނީ ރޯޔަލް ވަރެއް ހަމަ ނެތެވެ.ބިރިޔާނީ ރޯޔަލްގެ ރޯދަ މެނޫއިން ކޮންމެ ދުވަހަކުވެސް ތަފާތު ވައްތަރު ތަކުގެ ކެއުމުގެ ރަހަ ފެނިގެންދާއިރު، ކޮންމެ ހަފްތާއަކުވެސް ތަފާތު އެކި ވައްތަރުގެ ބިރިޔާނީ ކޭންބެއްލެވުމަށް މިއޮތީ ހަމަ ރަނުގެ ފުރުސަތެކެވެ. މީގެތެރޭގައި ހައިދަރްއާބާދީ ޗިކަން ބިރިޔާނީ، ޗިިކަން ޑަމް ބިރިޔާނީ، ހައިދަރް އާބާދީ ބީފް ބިރިޔާނީ އަދި މަޓަން ޑަމް ބިރިޔާނީ ފަދަ ތަފާތު ވައްތަރުތައް ބިރިޔާނީ ރޯޔަލްގެ ރޯދަ މެނޫއިން ފެނިގެން ދެއެވެ.މީގެ އިތުރުން ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފުކޮށްލުމަށްވެސް ބިރިޔާނީ ރޯޔަލް ވަރެއް ނެތެވެ. ވެޖިޓޭރިއަން، ޗިކެން، ބީފް، ޓޫނާ، ސީފޫޑް، އިންޑިއަން، ޕާކިސްތާނީ، މިހެން ގޮސް ނަން ބުސްކޮށް، ތަފާތު ވައްތަރުގެ ބިރިޔާނީގެ އިތުރުން، އެކި ވައްތަރުގެ ސޫޕް، ރައިސް އަދި ނޫޑްލްސްގެ ބާވަތްތަކުންނާއި، އިންޑިއާގެ ތަފާތު ރަހަތަކާއިއި، ހުޅަނގާއި ދިވެހިރާއްޖޭގެ މީރު ރަހަތަކުން ބިރިޔާނީ ރޯޔަލްގެ މެނޫ ވަނީ ފުރާލާފައެވެ. އެ މެނޫގައި ތަފާތު އެތައް ބާވަތެއް ހިމެނޭ އިރު، ބިރިޔާނީ ރޯޔަލްގެ ޑިޝްތަކަކީ އަނގަޔަށް މީރު، އަދި ތާޒާ ކަމާއެކު އިންސާފު ކޮށްލެވޭނެ ކަމުގެ ޔަގީންކަން އޮތް ބާވަތްތަކެއްކަން ޔަގީނެވެ.

ބިރިޔާނީ ރޯޔަލްއިން ރޯދަވީއްލުމަށް މޭޒެއް ރިޒަރވްކޮށްލުމަށް، 7900640 އަށް ގުޅުއްވާލެއްވުމުން އެކަން ހަމަޖެހިގެން ދާނެއެވެ. އަދި ބިރިޔާނި ރޯޔަލްގެ މީރު ރަހަތައް ތަޖުރިބާކޮށްލުމަށް މާލޭ ފުޑް ކޯޓު ސަރަހައްދުގައި ގާއިމުކޮށްފައިވާ ބިރިޔާނި ރޯޔަލް އަށް ޒިޔާރަތްކޮށްލުމުން ވެސް އެކަން ހަމަޖެހިގެންދާނެއެވެ.

ޑްރީމްސް ކުންފުނީގެ ބިރިޔާނީ ރޯޔަލްގެ އިތުރުން ޑްރީމްސް ޑައިނަރގެ ރޯދަވީއްލުމުގެ މެނޫވެސް މިފަހަރު ވަރަށް ހާއްސައެވެ. ސަގާފީ އަދި ޒަމާނީ ކެއުންތަކުން ފުރިފައިވާ ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ އަކީ ދިވެހިންގެ ރަހަތަކާގުޅޭ ގޮތަށް އަދި ދިވެހިންނަށް އެންމެ ކަމުދާނެފަދަ ރަހަތައް އެކުލެވޭނެހެން ތައްޔާރުކޮށްފައިވާ މެނޫއެކެވެ.

ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ ތަޖުރިބާ ކޮށްލަން ބޭނުންވާނަމަ، މާލޭގައި ހުންނަ ޑްރީމްސް ޑައިނަރ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑްރީމްސް ޑައިނަރ ވެސް އިހުތިޔާރުކޮށްލެވޭނެއެވެ. މާލޭގެ ޑްރީމްސް ޑައިނަރ ހުންނަނީ މާވެޔޮ މަގާ ކައިރިން މަޖީދީ މަގުގައެވެ. އަދި ހުޅުމާލޭ ޑްރީމްސް ޑައިނަރ ހުންނާނީ ހުޅުމާލޭ އަހިގަސް މަގުގައެވެ.ރޯދަވީއްލުމަށް މޭޒެއް ރިޒަރވްކޮށްލުމަށް ޑްރީމްސްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައިގެން ވަރަށް ފަސޭހަކަމާއެކު އެކަން ކޮށްލެވޭނެއެވެ. ފޯނުން ގުޅައި މޭޒެއް ރިޒަރވްކޮށްލުމަށް، މާލޭގެ ޑައިނަރ ނަމަ 7211717 ނުވަތަ 3300603 އަށް ގުޅުއްވާލައްވާށެވެ. އަދި ހުޅުމާލޭ ޑައިނަރ އިން މޭޒެއް ރިޒަރވްކޮށްލުމަށް 7291717 އަށް ގުޅުއްވާލެއްވުމުން އެކަން ހަމަޖެހިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން