އެއްގަމު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކޮށްލުމަށް ވެހިކަލަށް ބޭނުންވާނޭ އިންޝިއުރަންސް އަވަހަށް ހޯދުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކޮށްލުމަކީ މިހާރު މާ އުނދަގޫކަމެއްވެސް ނޫނެވެ.

އެގޮތުން އެލައިޑު މެދުވެރިކޮށް ވެހިކަލް އިންޝުއަރކޮށްލަން މިހާރު އަދި މާ ފަސޭހައެވެ. އޮންލައިންކޮށް ނަގާލެވޭ "އެލައިޑް މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރަންސް" އަށް އެދިލުމަށް މާގިނަ ވަގުތެއްވެސް ހޭދަކުރާކަށް ނުޖެހެއެވެ.

މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް އަކީ އެއްގަމު އުޅަނދަށް ސޭފްޓީ ނެޓެއް ފަދަ އެއްޗެކެވެ. މިއިންޝުއަރެންސް މެދުވެރިކޮށް އެކްސިޑެންޓްތަކާއި ވައްކަމާއި ގުދުރަތީ ކާރިސާތަކާއި އަދިވެސް އެތައް ކަމެއްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދަން މާފަސޭހައެވެ. މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް އާއެކު، އުޅަނދު މަރާމާތު ކުރުމަށް ނުވަތަ އެހެން މީހުންނަށް ލިބިދާނެ ގެއްލުމަކަށް ފައިސާ ދެއްކުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

އެލައިޑުގެ މޮބައިލް އެޕލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް، މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރަންސް އަށް އެދިލައްވަން ބޭނުންފުޅުވާނަމަ، އެކަމަށް ހާއްސަ ލިންކަށް ފިއްތަވާލެއްވުމަށްފަހު، ފުރަތަމަވެސް ރެޖިސްޓަރޑް ވެހިކަލް ގެ މައުލޫމާތު ފުރާލާށެވެ. އެއަށްފަހު ވެހިކަލް ރަޖިސްޓްރީގެ ފޮޓޯއަކާއެކު، ރެޖިސްޓްރީގެ މައުލޫމާތު ހިއްސާކޮށްލަވާށެވެ. ފަހު ކަމަކަށް، ވެހިކަލްގެ ފޮޓޯއެއް ހިއްސާކުރެއްވުމަށްފަހު، ކަސްޓަމަރުގެ މައުލޫމާތު ހިއްސާކޮށްލެއްވުމުން، މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރަންސް ޕްލޭން ލިބިވަޑައިގަންނަވާނެއެވެ.

ވަޒީފާގައި ކިތަންމެ ބިޒީކޮށްއުޅެމުންވެސް، އެލައިޑުގެ މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރަންސް ހޯދާލަން އެދިލުމަކީ މިހާ ފަސޭހައިން ނިންމާލެވޭ ކަމެކެވެ.

ރީތި މޮޅު އުޅަނދެއް ގަނެލުމަކުން ނިމުނީކީ ނޫނެވެ. ތިމާއާއެކު އުޅަނދުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން