ދިވެހިންގެ ރަހަތަކާގުޅޭ ގޮތަށް އަދި ދިވެހިންނަށް އެންމެ ކަމުދާނެފަދަ ރަހަތައް އެކުލެވޭ ޑްރީމްސް ޑައިނަރ އިން ރޯދަ ވީއްލުމަށް ހާއްސަ ތަފާތުކަމެއް ދައްކާލައިފިއެވެ.

ސަގާފީ އަދި ޒަމާނީ ކެއުންތަކުން ފުރިފައިވާ ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ ތަޖުރިބާކޮށްލުމައް ޖީބަށްވެސް މާބަރެއް ނޫނެވެ.

ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ ގެ ހާއްސަކަން ހާމަވެފެންދާ އެއްކަމަކީ އެކި ތަފާތު ކާނާގެ ބާވަތްތަކުން ސުފުރާމަތި ފަޅުފިލުމެވެ. ހަމަ މިއާއެކު މިބާވަތްތަކުން ރޯދަ ވީއްލުމުގައި ބައިވެރިވާ ފަރާތްތަކުގެ ހިތްހަމަޖެހުމެވެ.

ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު އެކި ހެދިކާގެ ބާވަތްތަކުން ފެށިގެން، ސިއްހަތަށް ފައިދާ ހުރި ސެލެޑް ތަކާއި، ޒަމާނީ އެކި ބާވަތްތަކުގެ ޑިޝް ތަކާއި، އެކި ވައްތަރުގެ ރިހަތައް މި ހާއްސަ ރޯދަ މެނޫގައި ހިމެނެއެވެ. މީގެ އިތުރުން ފޮނި ކާތަކެތީގެ އެކި ބާވަތްތަކާއި، ތަފާތު މީރު މޭވާގެ އިތުރުން، ތަފާތު ބުއިންތައްވެސް މި މެނޫގައި ހިމެނެއެވެ.

Join us for a Scrumptious Iftar: A Collection of Traditional and Modern Dishes to Delight Your Taste Buds!

For...

Posted by Dreams Diner on Wednesday, March 29, 2023


ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ ތަޖުރިބާ ކޮށްލަން ބޭނުންވާނަމަ، މާލޭގައި ހުންނަ ޑްރީމްސް ޑައިނަރ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑްރީމްސް ޑައިނަރ ވެސް އިހުތިޔާރުކޮށްލެވޭނެއެވެ. މާލޭގެ ޑްރީމްސް ޑައިނަރ ހުންނަނީ މާވެޔޮ މަގާ ކައިރިން މަޖީދީ މަގުގައެވެ. އަދި ހުޅުމާލޭ ޑްރީމްސް ޑައިނަރ ހުންނާނީ ހުޅުމާލޭ އަހިގަސް މަގުގައެވެ.

ރޯދަވީއްލުމަށް މޭޒެއް ރިޒަރވްކޮށްލުމަށް ޑްރީމްސްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައިގެން ވަރަށް ފަސޭހަކަމާއެކު އެކަން ކޮށްލެވޭނެއެވެ. ފޯނުން ގުޅައި މޭޒެއް ރިޒަރވްކޮށްލުމަށް، މާލޭގެ ޑައިނަރ ނަމަ 7211717 ނުވަތަ 3300603 އަށް ގުޅުއްވާލައްވާށެވެ. އަދި ހުޅުމާލޭ ޑައިނަރ އިން މޭޒެއް ރިޒަރވްކޮށްލުމަށް 7291717 އަށް ގުޅުއްވާލެއްވުމުން އެކަން ހަމަޖެހިގެން ދާނެއެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން