ޔުނައިޓެޑްގެ ދެ ގޯލު ކާމިޔާބު ކޮށްދިން ބްރޫނޯ ފެނާންޑޭޒް
ޔުނައިޓެޑްގެ ދެ ގޯލު ކާމިޔާބު ކޮށްދިން ބްރޫނޯ ފެނާންޑޭޒް
އިނގިރޭސި ޕްރިމިއާ ލީގުގައި 3-0 ގެ ނަތީޖާ އަކުން ބްރައިޓަން ބަލިކޮށް ރޭ މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފިއެވެ.

މެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް މެޗްގެ 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް މެންސަން ގްރީން ވުޑެވެ. މެޗްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 29 ވަނަ މިނެޓުގައެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާ އަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ޔުނައިޓެޑުން ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ މެޗްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ބްރޫނޯ ފެނާންޑޭޒް އެވެ. އޭނާ މި ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން ފޯވާޑް މެންސަން ގްރީން ވުޑްގެ އެހީތެރިކަމާއި އެކުއެވެ.

އިނގިރޭސި ލީގު ލިވަޕޫލް ކާމިޔާބު ކޮށްފައިވާއިރު ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓް ލިބިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި ލެސްޓާ ސިޓީ އޮތީ 55 ޕޮއިންޓް ލިބިގެންނެވެ. މި މޮޅާ އެކު ޔުނައިޓެޑް ވަނީ 52 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން