މާލޭގައި ފިހާރައެއް ފަޅާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ކޮއިމަލާ ހިނގުމުގައި ހުންނަ އައިބިޒް މާރޓް ފިހާރަ ފަޅާލަަައިގެން ވައްކަން ކުރި މަައްސަލަައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފަައިވަނީ ކޯޓު އަމުރެއްގެ ދަށުންނެެވެ.

ވައްކަމުގެ މައްސަލައިގެ ކުށުގެ ރިކޯޑު އޮންނަ އެމީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ފިހާރަ ފަޅާލައި ވައްކަން ކުރި ކަމަށް ޝަރީއަތުގައި އިއުތިރާފްވެފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ އާއި ދެކޮޅަށް މައްސަލަ ހުށައަޅާ ފަރާތުގެ ބަޔާނާއި ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓްތަކެއް ފުލުހުން ޝަރީއަތަށް ހުށައަޅާފައިވާ ކަމަށެވެ. އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް 45 ދުވަހަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގަައި ބަންދުކުރުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން