ރޯދަމަހު ވިލާ މާޓުގެ ހުރިހާ ރީޓެއިލް ފިހާރަތަކުގައި ތާޒާ މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތައް ލިބެން ހުންނާނެކަމަށް ވިލާ ޓްރޭޑާރސްއިން ހާމަކޮށްފިއެވެ.

އެގޮތުން މިވަގުތު ވިލާ މާޓުތަކުގައި ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕްފްރޫޓް، އަދި މެންޑަރިން ފަދަ ރަހަމީރު މޭވާ ލިބެން ހުރިކަމަށް އެކުންފުނިން ބުނެއެވެ. އަދި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ބެލް ޕެޕަރސް، ޗެރީ ޓޮމާޓޯ، ރެޑް ކެބެޖް، ޗައިނީސް ކިއުކަމްބާ، ސްޕްރިންގ އަނިއަންސް، ލީކްސް، ރެޑިޝް، އަދި ބްރިންޖަލްސް ފަދަ ބާވަތްތައް ވެސް ވިލާ މާޓުން ލިބެން ހުރިކަމަށް އެކުންފުނިން ބުނެއެވެ.

ވިލާ މާޓުގެ ކަސްޓަމަރުންނަށް ތަފާތު ވައްތަރުގެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަކީ ވިލާ ޓްރޭޑިންގެ ބޮޑު އަމާޒެކެވެ. ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ރޯދަ ވީއްލާ ގަޑީގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނުމަކީ ނުހަނު މުހިންމު ކަމެކެވެ.

 

        

ވިލާ ޓްރޭޑިންގްންއިން އިސްކަމެއްދޭ ކަމަކީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުމެވެ. އެގޮތުން ހަފްތާއަކު ދެ އެއާ ފްރެއިޓް ޝިޕްމަންޓް ސީދާ ވިލާ މާޓުގެ ރީޓެއިލް އައުޓްލެޓްތަކަށް ގެނެއެވެ. ތާޒާ އުފެއްދުންތަކުގެ އިތުރުން ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ފުޅާ ދާއިރާއެއްގައި ވިލާ މާޓުން ފޯރުކޮށްދެއެވެ. ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިލާ މާޓުގެ ވެބްސައިޓް އިން މި ހުރިހާ ތަކެއްޗެއްވެސް އޯޑަރު ކޮށްލެވޭނެއެވެ.

މީގެއިތުރުން ވިލާ މާޓް އެޕް ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށް އެޕް މެދުވެރިކޮށް ވިޔަފާރި ކުރެވޭނެއެވެ. މިގޮތަށް އޮންލައިންކޮށް ބައްލަވައިގަންނަ ހުރިހާ ތަކެއްޗެއްވެސް ގޭގެ ދޮރުމައްޗަށް ވިލާ މާޓުން ޑެލިވާރ ކޮށްދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން