ވިލިމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ވިލިމާލެއިން ގެއްލިގެން ހޯދަމުންދަނީ 13 އަހަރުގެ ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 1:33 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ ކުއްޖާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކުއްޖާގެ އާއިލާއިން ވެސް ވަނީ ކުއްޖާ ހޯދުމުގައި އެހީތެރިވެ ދިނުމަށް އެދި މީސް މީޑިއާގައި ފޮޓޯއާއެކު ކުއްޖާގެ މައުލޫމާތު އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން