އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފިއެވެ.

އެސްޓީއޯއިން ބުނީ މި ހޯލްސޭލް ކައުންޓަރުން މިހާރު ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ހޯލްސޭލް ކައުންޓަރ ހުޅުވާފައިވަނީ މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައެވެ.

މިއީ ރަމަޟާންމަހު އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިކައުންޓަރާއެކު އެސްޓީއޯގެ މައި ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެ ކުންފުނީގެ ގުދަނުން ވެސް ފައިސާ ބަލައިގަނެ، އިންވޮއިސް ހެދުމާއި މުދާ ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ރޯދަ މާޓުން ވެސް މި ހުރިހާ ހިދުމަތެއް ލިބޭނޭކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

ރަމަޟާންމަހު ދިވެހިން އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން، ފިޔާ، ބިސް އަދި އަލުވީގެ އަގުތައް ބާޒާރުގައި ބޮޑުވިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން މިހާރުވަނީ އެތަކެތި ރާއްޖެ އެތެރެކޮށް ހެޔޮއަގުގައި ވިއްކަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން