މަރިޔަމް ލަމްޙާ ރަޝީދު   16 މާރިޗު 2023 - 14:40
އޮރެންޖު - ތާޒާކަން ގެނެސްދީ ހާސްކަންފިލުވާލަދޭ
އޮރެންޖު - ތާޒާކަން ގެނެސްދީ ހާސްކަންފިލުވާލަދޭ
އޮރެންޖަކީ ހުތްފޮނި ރަހައެއްދޭ، އަނގަޔަށް ވަރަށް މީރު މޭވާއެކެވެ. އަދި މިމޭވާއަކީ އެކިގޮތްގޮތަށް ތަފާތު ބުއިންތަކުގައި ބޭނުންކުރެވޭ މޭވާއެކެވެ. ހާސްކަންފިލުވާލަދޭ އޮރެންޖަކީ އޮރެންޖު ޖޫސް ގިރުމުގެ އިތުރުން ތަފާތު އެކި ސެލެޑުތައް ތައްޔާރުކުރުމުގައްޔާއި އެކި ކެއްކުންތަކުގައި އަދި ތަފާތު އެކި ސްމޫތީއާއި ބޭކިންއަށްވެސް ބޭނުންކުރެވޭ މުޙިއްމު މޭވާއެކެވެ.

އޮންރެންޖުން ލިބޭފައިދާ:

މިހާ ފިކުރުބޮޑުވާއި ހާސްވުން ކަނޑުވައިލަދޭ އޮރެންޖުން އަހަރެމެންގެ ހަށިގަނޑަށް ނުހަނު ގިނަގުނަ ފައިދާކުރެެވެ.

ޞިއްޙީ މާހިރުން ވިދާޅުވަގޮތުގައި އޮރެންޖަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތައް އެކުލެވިގެންވާ މޭވާއެކެވެ. ވިޓަމިން ސީއާއި ގިނައަދަދެއްގެ އެންޓިއޮސިޑެންޓްސްވެސް އޮރެންޖުގައި އެކުލެވިގެންވެއެވެ. އެހެންކަމުން ހަށިގަނޑުގެ ތަފާތު ސެލްތައް ފުރިހަމައަށް މަސައްކަތްކުރުމަށް އެހީތެރިވެދޭ މިމޭވާ ރޯގާބައްޔަށްވެސް ފަރުވާއަކަށްވެސް ވެދެއެވެ. މީގެ އިތުރުން އޮރެންޖުގައި ގިނައަދަދަކަށް ފައިބަރ ހުރުމުން ބަނޑުހަރުވުމުގެ މައްސަލަތަކަށްވެސް ލުއިލިބިގެންދެއެވެ. އަދި އޮރެންޖު ކެއުމުން ސިކުނޑީގެ އާއްމު ޞިއްޙަތު ރަނގަޅުވެ ސިކުނޑިއަށް ތާޒާކަން ގެނުވައިދެއެވެ.

އެހެންކަމުން އާދަކޮށް ދުވާލަކު އޮރެންޖެއް ކެއުމަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭނެކަމެކެވެ. ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި މިގޮތަށް ދުވާލަކު އޮރެންޖެއް ކެއުމުން ފިކުރުބޮޑުވުމާއި ހާސްވުމުންމުން މީހާ ދުރުކޮށްދެއެވެ.

މީހާ ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވުމުން ހަށިގަނޑުގައި ކޯޓިޒޯލް މާއްދާ އިތުރުވެއެވެ. މިއީ ސްޓްރެސް ހޯމޯންއެކެވެ. އެހެންކަމުން އޮރެންޖު ކެއުމުން ނުވަތަ އޮރެންޖު ޖޫސް ބުއިމުން، ކޯޓިޒޯލް މާއްދާ ކޮންޓްރޯލްކުރެވި، މީހާގެ މޫޑު ރަނގަޅުވެ، ހާސްކަމާއި ސްޓްރެސް ކުޑަކޮށްދެއެވެ. ސަބަބަކީ އޮރެންޖުގައި އެހުންނަ ތާޒާ ސިޓްރަސް ފްލޭވަރއަކީ ސެރަޓޯނަން ލެވަލް މަތިކޮށްދޭ އެއްޗެކެވެ. ސެރަޓޯނަންއަކީ ހާސްކަން ފިލުވާލައި ސިކުނޑިއަށް ތާޒާކަން ގެނެސްދީ ހިތަށް އުފާވެރިކަން ގެނުވައިދޭ ހޯމޯންއެކެވެ.

މީގެ އިތުރުން، އޮރެންޖަކީ ސިކުނޑީގެ ސެލްތައް އައުކޮށްދީ، ރިޖަނަރޭޓުކޮށްދޭ މާއްދާތައް އެކުލެވޭ މޭވާއެއްކަށްވުމުން އާއްމުކޮށް އޮރެންޖު ކެއުމުން، ހަނދާންނެތޭ ބަލި ޖެހުމުން ދުރުކޮށްދެއެވެ.

އެހެންކަމުން، ދެންފަހަރަކު މާބޮޑަށް ހާސްވެ ފިކުރުބޮޑުވާ ވަގުތެއް އައިސްފިނަމަ އޮރެންޖެއް ކާލާށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން