ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް އަކީ 13 ޖެނުއަރީ 2021 ގައި ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ. ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް 2021 ގެ ސެޕްޓެމްބަރ މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ. ހޯލްސޭލް ދާއިރާގައި ވިލާ ޓްރޭޑިންގުން މައިގަނޑު ގޮތެއްގައި ހޮޓާތައް، ރެސްޓޯރެންޓްތައް އަދި ކެފޭތަކަށް ހިދުމަތް ފޯރުކޮށްދެއެވެ. އަދި މީގެ ތެރޭގައި ރިސޯޓުތަކާއި ބޭކަރީތައްވެސް ހިމެނެއެވެ.



ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް މިވަގުތު ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްސްގެ ތެރޭގައި ތަމީމް ބްރޭންޑުގެ (ސެލާރ 2111 ގްރޭޑީންގްގެ ބާސްމަތީ ހަނޑޫ)، ޕްލެއިން ސޮލެއިލް، ބޮބްސް ރެޑްމިލް، އަލްމަރާއި، ފެނަރ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ހިމެނެއެވެ. މީގެ އިތުރުން ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ވިއްކާ އާންމު ތަކެތީގެ ތެރޭގައި އޮރެންޖު، ގަނޑުކުރި ކުކުޅު، ވެޖިޓަބަލް އޮއިލް 18 ލީޓަރ (ކައްކަން ބޭނުންކުރާ ތެޔޮ)، ބްރެޒިލް އިން އިމްޕޯޓުކޮށްފައިވާ ގެރިމަސް ހިމެނެއެވެ.





އަލްމަރާއި ބްރޭންޑަކީ 2021 ގައި މެދު އިރުމަތީގެ ޔޫގޮވް އެފް.އެމް.ސީ.ޖީ / ސީ.ޕީ.ޖީ ގެ ވަނަތަކުން އެއްވަނަ ހާސިލްކޮށްފައިވާ ބްރޭންޑެކެވެ. އަދި މިއީ މެދު އިރުމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި ކިރުގެ ބާވަތްތައް ނުވަތަ ޑެއިރީގެ އުފެއްދުންތައް އުފައްދާ އެއް ކުންފުންޏެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 6 ޑެއިރީ ދަނޑާއެކު ހަރަކާތްތެރިވާ އަލްމަރާއި އަކީ މިވަގުތު މާކެޓުގައި އެންމެ ކޮލިޓީ އެއް ޑެއިރީ ތަކެތި އުފައްދާ ކުންފުންޏެވެ. އެގޮތުން އެންމެ މަޤުބޫލު އުފެއްދުންތަކުގެ ތެރޭގައި ޗީސްގެ ވައްތަރުތައް، ގެރިކިރު، ތާޒާ މޭވާ ޖޫސް ޕެކެޓުތަކާއި ބަޓަރގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން އަލްމަރާއި އިން އުފައްދާ ކިރުގެ ވައްތަރުތަކުގެ ތެރޭގައި ފްލޭވާޑް ކިރު، ފެޓް ފްރީ ކިރު، ފުލް ކްރީމް ކިރު އަދި ލެކްޓޯސް ނުހުންނަ ކިރުވެސް ހިމެނެއެވެ. އަލްމަރާއި އިން އުފައްދާ ކިރުގެ ބާވަތްތަކަކީ ޔޫ.އެޗް.ޓީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ. "އަލްޓްރާ ހައި ޓްރީޓްމެންޓް" ނުވަތަ ކުރުކޮށް ބުނާނަމަ ޔޫ.އެޗް.ޓީ އަކީ އެންމެ ދަށްވެގެން 135 ޑިގްރި ސެލްސިޔަސް އަށް ރޯ ކިރު ހޫނުކޮށް، އެވަރުގައި ހިނދުކޮޅަކު ބެހެއްޓުމަށްފަހު އަނބުރާ އާދައިގެ ފިނިމިނަށް ގެނައުމެވެ. ނަތީޖާއަކީ ރޯ ކިރުގައި ހުންނަ ޖަރާސީމު ނެތިގޮސް ގިނަ ދުވަހު ކިރު ހަލާކުނުވެ ހުރުމެވެ.



ބޮބްސް ރެޑް މިލް އަކީ އާދައިގެ ފުށުން ފެށިގެންގޮސް އޯގޭނިކް އަދި ގްލޫޓެން ފްރީ ފުށުގެ ބާވަތްތައް އުފައްދާ ކުންފުންޏެކެވެ. މިއީ އެމެރިކާގައި އެންމެ ފުޅާ ދާއިރާގައި "ހޯލް ގްރެއިން" ކަބޯތަކެތި އުފައްދާ އެއް ކުންފުންޏެވެ. މައިގަނޑު ގޮތެއްގައި ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ސަޕްލައި ކުރަނީ އެމެރިކާ، ކެނަޑާ އަދި ކެރިބިއަންގެ ރައްތަކަށެވެ. ބޮބްސް ރެޑްމިލް އިން ފުށް އުފައްދަނީ ޒަމާނުއްސުރެ ބޭނުންކޮށްއުޅޭ ކުއާޓްޒް މިލްސްޓޯންތައް ބޭނުންކޮށްގެނެވެ. މިގޮތަށް އުފެއްދުމުގެ ސަބަބުން ގޮދަނުގައި ހުންނަ އެންމެ ފައިދާހުރި ބައިތައް ނުގެއްލި ހުރެއެވެ. 400 އަށްވުރެ ގިނަ ވައްތަރުގެ އުފެއްދުންތައް ބޮބްސް ރެޑް މިލް އިން އުފައްދާއިރު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި ސީރިއަލް، އެކި ވައްތަރުގެ އޯޓްމީލް ޕެކެޓު، އާދައިގެ ފުށް، އަދި ގްލޫޓެން ފްރީ ފުށްވެސް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވިލާ ޓްރޭޑިންގުން ވީގަން ބާވަތްތައްވެސް އެތެރެކޮށް ވިއްކަން ފަށާނެއެވެ.



ފެނާރ ކުންފުޏަކީ އާއިލީ ކުންފުންޏެއްގެ ގޮތުގައި މީގެ 160 އަހަރު ކުރިން ފެށިގެން އައި ކުންފުންޏެކެވެ. ފެނާރ ކުންފުނި އެހާ ޒަމާން ވަންދެން ހިނގުމުގެ ސިއްރަކީ އެ ކުންފުނީގެ އުފެއްދުންތައް ތައްޔާރުކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޮލިޓީ އަދި ތަފާތު ވައްތަރުތައް ލިބެން ހުރުމެވެ. މިއީ ޔޫރޮޕުގައި އެންމެ ގިނަ ވައްތަރުގެ ޖޫސް، ނެކްޓާރ އަދި އައިސް ޓީ ތައްޔާރުކޮށް ވިއްކާ ކުންފުންޏެވެ. މީގެ ތެރޭގައި ލޯކަލް ކޮށް ހޯދާ ތަފާތު ވައްތަރުގެ މޭވާ ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފޮނި ޖޫހާއި، އަދި ހުތް ޖޫހުގެ އިތުރުން ނެކްޓަރ ލިބެން ހުރެއެވެ. ފޭނާރގެ އައިސް ޓީއަކީ ތާޒާ ސައި ފަތް ބޭނުންކޮށްގެން ގިނަ ވަގުތު ކައްކާފައި ހުރުމުގެ ސަބަބުން ސައިފަތުގެ ރަހަ ވަރަށް ފުރިހަމަޔަށް ލާ ސަޔެކެވެ. މިހުރިހާ އުފެއްދުމެއްވެސް ހޯލްސޭލްކޮށް ލިބެންހުންނާނެއެވެ.





ޓޯނީސް ޗޮކޮލޯނީ އަކީ 2005 ގައި ޑަޗް ނުވަތަ ނެދަލެންޑްސްގައި އުފެދިގެން އައި ކުންފުންޏެކެވެ. ޓޯނީސްގެ އަމާޒަކަށްވީ ޗޮކުލެޓު ހަދަން ބޭނުންކުރާ ކޮކޯ ތަފާތު ގޮތަކަށް ހޯދުމެވެ. އެގޮތުން ކޮކޯ ބީންސް އިން ފެށިގެންގޮސް ޗޮކުލެޓާއި ހަމަޔަށް ހުރިހާ އެއްޗެއްވެސް އަމިއްލަ ބެލުމުގެ ދަށުން ތައްޔާރުކުރާ މަދު ކުންފުނިތަކުގެ ތެރޭގައި ޓޯނީސް ޗޮކޮލޯނީ ހިމެނެއެވެ. އަދި މީގެ އިތުރުން ޓޯނީސް އަކީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެފްރިކާގެ ކޮކޯ ދަނޑުވެރިންގެ އަތުން އާންމުކޮށް ކޮކޯ ގަންނަ ވަރަށްވުރެ ބޮޑު އަގެއް ދީގެން ކޮކޯ ގަންނަ ކުންފުންޏެކެވެ. މިއީ ޓޯނީސް އިން އެފްރިކާގައި ހިނގަމުން އަންނަ މަސައްކަތްތެރިންގެ އަޅުވެތިކަމާއި ބޭއިންސާފާއި ދެކޮޅަށް އެޅި ފިޔަވަޅެކެވެ.





1999 ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑަކީ ލުބުނާނުގައި ވަރަށް އަވަހަށް މަޟްހޫރުވެގެން އައި ކާބޯތަކެތި އުފައްދާ ކުންފުންޏެކެވެ. މިއީ ގަނޑުކުރި ތަރުކާރިން ފެށިގެންކޮސް އެޕެޓައިޒާސް، ދަޅުކުރި ކާނާ، އެކި ވައްތަރުގެ ސޯސް، ކައްކާ ތެޔޮ އަދި ތަފާތު ވައްތަރުގެ ޑެއިރީ ކާނާ ތައްޔާރުކުރާ ކުންފުންޏެކެވެ. ތާޒާކަން ދެމިހުންނާނެ ގޮތްގޮތަށް ތައްޔާރުކޮށްފައި ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލްގެ އުފެއްދުންތަކަކީ ގިނަ ބަޔަކަށް ކަމުދާ އުފެއްދުންތަކެކެވެ. ޕްލެއިން ސޮލެއިލް އަކީ މިވަގުތު ދުނިޔޭގެ 8 ގައުމުމެއްގައި ހިންގަމުން އަންނަ މަޤްބޫލު ކުންފުންޏެކެވެ.





އޮޓިމާ އަކީ މައިގަނޑު ގޮތެއްގައި ޕާސްތާގެ ވައްތަރުތައް އުފައްދާ ބްރޭންޑެކެވެ. އެގޮތުން އެކި ސައިޒުތަކުގެ އެކި ވައްތަރުގެ ޕާސްތާ މި ކުންފުނިން އުފައްދާއިރު މީގެން ކޮންމެ ވައްތަރެއްވެސް ތަފާތުކޮށް ހެދޭނެއެވެ. އޮޓިމާ ޕާސްތާއަކީ އިޓަލީގައި ޒަމާނުއްސުރެ ތައްޔާކުރަމުން އަންނަ ޕާސްތާ ބްރޭންޑެކެވެ. އެހެންކަމުން މި ބްރޭންޑަކީ ކަސްޓަމަރުންގެ ތެރޭގައި އިތުބާރުހުރި، ކޮލިޓީ ބްރޭންޑެކެވެ.



ވިލާ ޓްރޭޑިންގެ ހަނޑޫ ބްރޭންޑެއް ކަމަށްވާ ތަމީމް ބްރޭންޑުގެ ހަނޑުލަކީ 1121 ގްރޭޑިންގެ މޮޅު ހަނޑުލެވެ. ދިގުކޮށް ހިމަކޮށް ހުންނަ މި ހަނޑުލަކީ އެހެން ހަނޑުލަށްވުރެ އަވަހަށް ކެކޭ ހަނޑުލަކަށްވުމުން ކެފޭ ރެސްޓޯރެންޓުތަކުގައި ބޭނުންކުރަން ގިނަ ބަޔަކު މި ވައްތަރުގެ ހަނޑޫ އިޙްތިޔާރުކުރެއެވެ. އަދި ބިރިޔާނީ ފަދަ ބަތް ބޭނުންކޮށްގެން ތައްޔާރުކުރާ ގިނަ ކެއުންތަކުގައިވެސް ބޭނުންކޮށް އުޅޭނީ މިވައްތަރުގެ ހަނޑުލެވެ.



ހޮޓްޕެކް އަކީ ބޭނުންކޮށްފައި އެއްލާލެވޭ ތަށި ނުވަތަ ޑިސްޕޯސެބަލް ތަށި، ފެން ބޯ ތަށި، ކާއެއްޗެހި ބަންދުކުރާ ޕްލާސްޓިކް ކޮތަޅު، ކައްކަން ބޭނުންކުރާ ޓްރޭ، އެތެރެ ފެންނަ ކޮންޓެއިނަރ، ހޮޅި، މައިކްރޮވޭވް ކުރެވޭ ވައްތަރުގެ ކޮންޓެއިނަރ، ރެޕިންގް ސިލޯފެން، ފިހަން ކުރަން ބޭނުންކުރާ ތަކެތި، ފޯމް، އެލުމިނިއަމް އަދި ކަރުދާހުގެ އުފެއްދުންތަކުން ގޮސް ޓިޝޫވެސް އުފައްދާ ކުންފުންޏެކެވެ. އެގޮތުން ކުޑަކުދިންގެ ޕާޓީތަކަށް ނުވަތަ ކުދިކުދި ހަފްލާތަކަށް ބޭނުންވާ މި ބްރޭންޑުގެ ގިނަ ސާމާނު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ.





ވިލާ ޓްރޭޑީންގުން ވަނީ ދާދި ފަހުން ހޯލްސޭލް އައުޓްލެޓެއް "ވިލާ ޓްރޭޑިންގް ހޯލްސޭލް" ގެ ނަމުގައި އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގައި ހުޅުވާފައިއެވެ. މި ފިހާރައައިން ވިލާ ޓްރޭޑިންގުން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބެން ހުންނާނެއެވެ. އަދި ކުރިއެކޭވެސް އެއްފަދައިން މާލެ، ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ހޯލްސޭލްކޮށް ގަންނަ ތަކެތި ޑެލިވާ ކޮއްދެމުންދާނެއެވެ. ހޯލްސޭލް ކުރުމާ ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ 7667711 އަށް ގުޅާލައްވާ ނުވަތަ ވިލާ ޓްރޭޑިންގްއަށް އީމެއިލް ކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން