ހިސާބުބެއްލެވުމަށްފަހު ސުވަރުގެ ވެރީންވެސް ހިމެނޭގޮތުން އެންމެހައި މީސްތަކުންނަށް ޞިރާތުމަގުމަތީން ދިއުމަށް ހުކުމްވެވޭނެއެވެ. މިއީ ކަނޑިއެއްގެ މިއަގޮތަށް އޮންނަ ވަރަށް ހަނި މަގެކެވެ. މިމަގު އޮންނާނީ ނަރަކައިގެ މަތީންނެވެ.
ޞިރާތުމަގުގެ އެއްކޮޅުގައި ޖިބްރީލް ޢަލަހިއްސަލާމް ހުންނަވާނެއެވެ. އަދި ދެފަރާތުގައި މަލާއިކަތުންގެ ސަފުތައްވާނެއެވެ. މިމަލާއިކަތުން، ޞިރާތުމަގުން ހިނގާފައިދާމީހުންނާ ސުވާލުކުރާނެއެވެ. ސުވާލުކުރެވޭނީ އެބައިމީހުން މިދުނިޔޭގައި ދިރިއުޅުނު ގޮތާއި މެދުގައެވެ.
ބިރުވެރިކަމުން ފުރިގެންވާ އެދުވަހުގެ އެވަގުތުގައި އަހަރެމެން އިންސާނުންގެ ހާލަތާއި މެދު ނިކަން ވިސްނަވާށެވެ. އެންމެހައި މީސްތަކުން ހިނގަންޖެހިފައިވާ ޞިރާތުމަގު އިސްތަށްޓަކަށްވުރެން ހަންޏެވެ. ކަނޑިއެއްގެ މިޔައަށްވުރެން ތޫނެވެ. މަގުގެ ދެފަރާތުގައި ތިއްބެވި މަލާއިކަތްބޭކަލުން އެމީހަކު މިދުނިޔެމަތީކޮށް އުޅުނު ޢަމަލުތަކާއިބެހޭގޮތުން ސުވާލުތައް ކުރެވެމުންދަނީއެވެ. ފައިތިލައިގެ ދަށުން ނަރަކަވަނީ އޭނާއަށް ދަހިވެތިވެފައެވެ. އެނުރައްކާތެރި ބިރުވެރި ވަގުތުގައި ނަބީއްޔުންތައް މިފަދައިން ދުޢާކުރައްވާނެއެވެ. "ހައްދަވައި ގެންގުޅުއްވާ އިލާޙް، ސަލާމަތް ކުރައްވާދޭވެ! އޭ ﷲ ، ސަލާމަތްކުރައްވާނދޭވެ!"
ކޮންމެ އަކަސް މީސްތަކުން ޞިރާތުމަގުން ހިނގާފައިދާނީ އެބައިމީހުންގެ ޢަމަލުތަކާއި ދަރަޖަތަކާ އެކަށޭނެ ގޮތުންނެވެ. ބައެއްމީހުން ވިދާލާވިދުވަރެއް ފަދައިންނެވެ. ބައެއްމީހުން ގަދަފަދަވައިރޯޅިއެއް ހެންނެވެ. ބައެއްމީހުން އަހުގެ ދުވެލީގައެވެ. އަދި ބައެއްމީހުން މަޑުމަޑުން ފައިއަޅަމުންދާއިރު އަނެއްބަޔަކުދާނީ ދެމެމުންނެވެ.
މީގެތެރެއިން ސުވަރުގެވެރީން ކޮންމެ ގޮތަކަށްވެސް ޞިރާތުމަގު ހުރަސްކޮށް ހިނގައިދާނެއެވެ. އެހެނަސް ނަރަކަވެރީން ޞިރާތުމަގުންކުރިއަށް ނުދެވިގެން މަގުމަތިން ނަރަކައަށް ވެއްޓިދާނެއެވެ.
*************
* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު